ނ. ޅޮހީ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 28 ން ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޅޮހީ ސްކޫލުގެ ގްރޭޑް 1 ން ފެށިގެން ގްރޭޑް 7 ގައި ތަޢުލީމު ޙާޞިލްކުރާ 69 ދަރިވަރަކު ބައިވެރިވެފައިވާކަމަށާއި، ޅޮހީ ބަނދަރު ސަރަޙައްދުގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި މޫދުގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާއި ނޭވާ ގެންގުޅެންވީ ގޮތްތަކާއި ފްލޯޓްކުރާނެ ގޮތާއި ފެތުމުރުގެ ހުނަރުތައް ދަސްކޮށްދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މި ޕްރޮގްރާމުގައި ކުލާސްތައް ކުރިއަށް ގެންގޮސްދީފައިވަނީ މަނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް