ލަންދޫގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ލަންދޫގައި ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުން ޕްރޮގްރާމެއް ހިންގައިފިއެވެ. މިދިޔަ ބުދަ ދުވަހު ލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ލަންދޫ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔ...

05 Nov 2017 | 05:41

ލަންދޫގައި ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުން ޕްރޮގްރާމެއް ހިންގައިފިއެވެ.

މިދިޔަ ބުދަ ދުވަހު ލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ލަންދޫ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ސްކޫލުތެރޭގައި ކިޔަވާ ކުދިންގެ އަޙުލާޤީ މިންގަނޑު ގެންގުޅެންވީ ގޮތްތަކާއި ހަނގާކުރުމުގެ މައްސަލަތަކާއި ހަނގާކުރުމުގެ ނުރައްކާތެރިކަމާއި ގުޅޭގޮތުން އާއްމު އިޖުތިމާޢީ މިންގަޑާ ހިލާފު ޢަމަލު ހުއްޓުވުމުގެ ޤާނޫނާ ގުޅޭގޮތުން މަޢުލޫމާތު ދެވިފައިވާއިރު، މި ސެޝަންގައި ލަންދޫ ސްކޫލުގެ ގްރޭޑް 6،7،8 އަދި 9 ގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުން ބައިވެރިވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ލަންދޫ ސްކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ދަރިންގެ އަޙުލާޤަށް އަންނަ ނުރަނގަޅު ބަދަލުތައް ދެނެގަންނާނެ ގޮތާއި އެފަދަ ކަންކަން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެވިފައިވާއިރު، މިސެޝަންގައި ލަންދޫ ސްކޫލުގެ ގިނަ ޢަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ހޭލުންތެރިކުރުމަށް ހިންގި މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާފައިވަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ޕޮލިސް ކޯޕްރަލް މުޙައްމަދު ފާރިޝްއާއި ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ މުވައްޒަފުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް