ސައުދީ އަރަބިއްޔާގައި ކޮރަޕްޝަނުގެ ތުހުމަތުގައި 11 ރަސްދަރިކަލަކާއި ހަތަރު ވަޒީރަކާއި ކުރީގެ 10 ވަރަކަށް ވަޒީރަކު ހައްޔަރު ކޮށްފި އެވެ.
މި އެންމެން ހައްޔަރު ކޮށްފައިވަނީ އެގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަން ކޮމިޓީގެ އޯޑަރަށެވެ. އެކޮމިޓީގެ އެންމެ އިސް ފަރާތަކީ ސައުދީ ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން، ތާޖު އެޅި މަނިއްޕުޅެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި އެގައުމުގެ މަތީފަޑީގެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވާކަން ސައުދީން ހާމަކުރި ނަމަވެސް މިކަމާއި ގުޅޭގޮތުން މާގިނަ ތަފްސީލުތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް