ޓްވިންސެއް ނޫން: އެކަމަކު އައިފޯނު އެކްސް އެބަ އަންލޮކް ކުރެވޭ !

އަލަށް ނެރުނު އައިފޯނު އެކްސްގެ އެންމެ ސަޅި އެންމެ މޮޅު ފީޗާއެއްކަމަށް ގިނަ ބަޔަކު ދެކެނީ އަދި އެޕަލް އިން މަޝްހޫރުވެސް ކުރަނީ މި ފޯނުގެ ފޭސް އައިޑީ ނުވަތަ ފޭސިއަލް ރެކޮގްނިޝަން ސެކިއުރިޓީ ސިސްޓަމެވެ....

05 Nov 2017 | 04:14

އަލަށް ނެރުނު އައިފޯނު އެކްސްގެ އެންމެ ސަޅި އެންމެ މޮޅު ފީޗާއެއްކަމަށް ގިނަ ބަޔަކު ދެކެނީ އަދި އެޕަލް އިން މަޝްހޫރުވެސް ކުރަނީ މި ފޯނުގެ ފޭސް އައިޑީ ނުވަތަ ފޭސިއަލް ރެކޮގްނިޝަން ސެކިއުރިޓީ ސިސްޓަމެވެ.

ނަމަވެސް މި ފީޗާގެ މޮޅު ކަމާއިމެދު މިވަނީ ސުވާލު އުފެދިފަ އެވެ.

އިއްޔެ ރެޑިޓަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ އެއްބަނޑު އެއްބަފާ ދެބެން އެ ދެމީހުންގެ އައިފޯނު އެކްސް ލޮކް ކުރުމަށްފަހު އެކަކު އަނެކަކަށް ފޯނު ހުޅުވޭތޯ މަސައްކަތް ކުރާ ތަނެވެ. ދެމީހުން ތިބެނީ އައިނު އަޅައިގެންނެވެ. އެކެއްގެ ފޯނު ލޮކް ކުރުމަށްފަހު އަނެކަކު އަތަށް އަންލޮކް ކުރަން ދެ އެވެ. ފުރަތަމަ ބަލަނީ އައިނު ނާޅާ އަންލޮކް ކުރެވޭތޯ އެވެ. ނަމަވެސް އައިނު ނާޅާ އަންލޮކް ނުވުމުން އައިނު އަޅައިގެން އަންލޮކް ކުރަން މަސައްކަތް ކުރެ އެވެ. އައިނު އަޅައިގެން އަންލޮކް ކުރަން އުޅުމުން އަންލޮކް ކުރެވެ އެވެ.

https://www.reddit.com/r/iphone/comments/7anj9f/iphonex_face_id_fail/

"އަހަރެމެން ދެމީހުންނަކީ އެއްމާބަނޑު ދެމީހުންނަށް ނޫނެ، ކޮއްކޮ އަހަންނަށްވުރެ ފަސް އަހަރު ކުޑަވާނެ" އޭގެ އެކަކު އެ ވީޑިއޯގައި ބުނެފައި ވެ އެވެ.

ރެޑިޓްގައި މި ވީޑިއޯ އަޕްލޯޑް ކުރުމާއެކު މިވަނީ ސުވާލެއް އުފެދިފަ އެވެ. އެއީ ހަމަ އައިނެއް ބަދަލު ކޮށްލުމުން އެޕަލް އައިފޯނު އެކްސްގެ މި ފީޗާ އަށް އޮޅިދާނެ ކަމާއިމެދު އުފެދޭ ސުވާލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް