މުވައްޒަފުންގެ އާދޭސް: "ތިޔަހެން ނުހައްދަވާށަ އިނގޭތޯ ވެރީ ސޮރީ!"

ކަމާއި ބެހޭ ފަރާތަށް. ސަލާމަށްފަހު ލިޔަމެވެ. އަޅުގަނޑުގެ ހަކަތާއި ގިނަ ވަގުތު މި ހުސްކުރަނީ ތިބާގެ ވަޒީފާ އަދާކުރުމުގައެވެ. ހަފްތާއަކަ ފަސް ދުވަހު ބައެއް ފަހަރު ހަތްދުވަހު އޮފީހަށް މި އަންނަނީ ތިބާއަށ...

05 Nov 2017 | 03:55

ކަމާއި ބެހޭ ފަރާތަށް.

ސަލާމަށްފަހު ލިޔަމެވެ. އަޅުގަނޑުގެ ހަކަތާއި ގިނަ ވަގުތު މި ހުސްކުރަނީ ތިބާގެ ވަޒީފާ އަދާކުރުމުގައެވެ. ހަފްތާއަކަ ފަސް ދުވަހު ބައެއް ފަހަރު ހަތްދުވަހު އޮފީހަށް މި އަންނަނީ ތިބާއަށާއި ގައުމަށް ހިދުމަތްކުރާށެވެ. ރަނގަޅެވެ. ކޮންމެ މަހަކު މުސާރަ ލިބިއެވެ. އެހެނަސް މުސާރަ ބޮޑުނުވާތާ ކިތައް އަހަރުވެޖެހެއްޔެވެ؟ ދިރިއުޅުމުގެ ހުރިހާ ޙަރަދެއް މައްޗަށް ގޮއްސިއެވެ. ކުލި އިންތިހާއަށް ބޮޑުވެއްޖެއެވެ. ކަރަންޓް ބިލާއި ފެން ބިލް ސައިޒުން ކުޑަވިޔަސް އަދަދު ބޮޑުވެއްޖެއެވެ. ކާބޯތަކެތީގެ އަގު ބޮޑުވެއްޖެއެވެ.  ހޮޔޮނުވާނެއެވެ. އާދޭސްކޮށްފައި ބުނަމެވެ. ތިޔަހެންނުހައްދަވާށެވެ. ވެރީ ސޮރީ

ބައެއް ފަހަރު ދަރިން ރޮއިރޮއި ތިބޭއިރުވެސް، ބޯނަސް ހޯދަން ވެގެން އޮފީހަށް މި އަންނަނީ ހަގީގަތުގައި އެ ކުދިންގެ މުސްތަގުބަލު އުޖާލާކުރަން ވެގެންނެވެ. ބޯނަސް ފައިސާ އިން އެ ކުދިންނަށް ހަދިޔާ އެއް ގަނެދީ ހިތް އުފާވެސް ކޮށްދެވޭތޯއެވެ. އެހެނަސް ބޯނަސްވީ 'ބޯގޯސް' ވި ކަމަށެވެ. ނިމުމެއް ނެތް އިންތިޒާރެކަށެވެ. އިރުއަރާތޯ ބަލަން ހުޅަނގުފަރާތުގައި ހުރުން ފަދަ ކަމަކަށެވެ. ބޯނަސްގެ ކަންތަކުގައި ބޯގޮވާ ވަރުވެ ބޯކަހަލާ ކަހާލާ އިންނަންވީ ކިހާއިރަކު ކަމެއް ނޭނެގެއެވެ. މިހާތަނަށް ބޯނަސް ދިނީ 2014 ގައި އެންމެ ފަހަރަކުއެވެ. ތިޔަހެން ނުހައްދަވާށެވެ. ދެންވަންޏާ ދެއްވާނެ ވާހަކަ ނޫންނަމަ ނުލިބޭނެ ވާހަކަ ވިދާޅުވާށެވެ. 'ހައިރާންވެ އަންތަރީސްވެ ދިވާނާވެފަ' ހުރީމެވެ.  ތިޔަހެންނުހައްދަވާށެވެ. ވެރީ ސޮރީ

https://www.youtube.com/watch?v=f6YC6td2fug

އަސްތަ އަސްތާއޭ ކިޔާ އޮފީހުގެ ވެރިން ހުރިހާ މުވައްޒަފުން އެއްކޮށްލުމަށް ފަހު ތިޔަ ވިދާޅުވި އެއްޗެއް ނޭނގިގެން، " ނޭނގުނޭ ތިޔަ ވިދާޅުވި ބަހުގަ މައުނައެއް" އޭ ބުނުމުން ޑިޕްލޮމާ ނުވަތަ ވަޒީފާ ބުނުމުން ކުޑައިކޮށް އެނގިއްޖެއެވެ. ތަޢުލީމު ހާސިލްކުރަން ބޭނުމެވެ. އަހުންގެ ކޮމިޝަންގެ ރައީސް ގޮތަށް ފިޖީން ކިޔަވާން ބޭނުމެވެ. އެހެނަސް އެކަންކުރެވޭނެ ވަގުތަކާއި ފައިސާ އެއް ނެތެވެ. އެހެނެއްކަމަކު ކުރާނެ ކަމެއް ނެތެވެ. ދަރާ ވިކިގެން ވެސް ކުރަން އެބަޖެހެއެވެ. އެހެންނޫނީ އެއްކަލަ އަބަދުވެސް ބިރުދައްކާ 'ވަޒީފާ' ގެއްލުނީއެވެ. ކުޑައިކޮށް ވިސްނާލެށެވެ. ތިޔަ ކޮމިޝަނެއް އުފެދުނު ފަހުން އަދި ޕްރޮމޯޝަނެއް ލިބުނު ހަނދާނެއް ނެތެވެ. އެހެނަސް ' ކިޔަމެންވެގެން ކަލާއަށްޓަކައި' މި ހުރީ ނޫންހެއްޔެވެ. ތިޔަހެންނުހައްދަވާށެވެ. ވެރީ ސޮރީ.

https://www.youtube.com/watch?v=oWHAXAkV5ZA

އޮފީސް ވެރިން ވިދާޅުވުމުން އޭ ދަރުސަކަށް ވިޔަސް ޖަލްސާ އަކަށް ވިޔަސް ރުހުނަސް ނުރުހުނަސް މިދަނީއެވެ. އަޅުގަނޑުމެންގެ ވެސް ހިތަށް އެބައޮތެވެ. އުއްމީދުތަކާއި ހުވަފެންތަކެއް ދުށުމުގެ ހައްގު އެބައޮތެއް ނޫންހެއްޔެވެ. ބުނިހާކަމެއް ބުނިހާ ގޮތަކަށް ކޮށްދޭއިރު ވެސް މުވައްޒަފުންގެ އިހްސާސްތައް ނޭނގޭތީ ވަރަށް ދެރައެވެ. ކޮންމެ މަހަކު އެއްވަނަ ދުވަހު މުސާރަ ލިބުނުކަމުގެ އުފާކުރުމަށް ދެވަނަ ދުވަހު އެ މުސާރަ 'ކަފުންކޮށް ވަޅުލާފަ ޖަނާޒާ ބާއްވަނީ' އެ ނޫންގޮތެއް ނެތީމައެވެ. ތިޔަހެން ނުހައްދަވާށެވެ. ވެރީ ސޮރީއެވެ.

މުސާރަ ބޮޑުވާނެ ކަމުގެ އިންތިޒާރުގައި އިންތިހާއަށް ކެތްމެދުވެފައި ހުއްޓާ އިންތިޒާރުގެ ފޮނި ނިމުމޭބުނެ ވަކި މަގުސަދެއްގައި މުސާރަ ބޮޑުކުރީމާ ދެން މިހިތަށް ތަސައްލީ އެއް ލިބޭނެ ބާއެވެ. އައިއޭމް ވެރީ ސޮރީ!

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް