އިންޑިއާގެ މަގްބޫލު، މަޝްހޫރު ބަތޮލާ ސޯނަމް ކަޕޫރު އަހޫޖާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.
ސޯނަމްގެ އިންސްޓަގްރާމަށް ބަލައިލާއިރު އޭނާ ރާއްޖެ އައީ މިއަދުގެ ވަގުތެއްގައެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައެވެ.
ސޯނަމް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާގެ ފިރިމީހާ އަދި އިންޑިއާގެ ވިޔަފާރިވެރިޔާ އާނަންދު އަހޫޖާވެސް މިހާރުވަނީ ރާއްޖެ އައިސް އެ ރިސޯޓަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް