ކޮންސްޓްރަކްޝަން ސައިޓެއްގައި ފުޅާ ދާއިރާއެއްގައި ބަނގުރަލު ވިޔަފާރި ހިންގި ދެ ބިދޭސީއަކު ހައްޔަރު

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތަކު ކަމ...

05 Oct 2024 | 14:26

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތަކު ކަމުގައިވާ އުމުރުން 30 އަހަރުގެ އަލް އަމީން އާއި އުމުރުން 49 އަހަރުގެ ޕަރަން ދާސް އެވެ.

ފުލުހުން ބުނެފައިވާގޮތުގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ ތިންވަނަ ފިޔަހަވީގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓަކުން އެ މީހުން ހައްޔަރުކޮށް ބަލާ ފާސްކުރިއިރު 324 ދަޅު، 378 ފުޅި ބަނގުރާ އަދި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ލީޓަރުގެ 10 ފުޅިއާއި 500 އެމްއެލްގެ ހަތް ފުޅި ފެނުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް