ދިމޮޅުކަން ދައްކަން ނުރައްކާތެރި ގޮތަކަށް ދެ ލޯންޗެއް ދުއްވި މައްސަލަ ބަލަން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ ފަރުދަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއަކުން ފެންނަނީ ރަށެއްގެ ބަނދަރަށް ވަންނަން އައި ދެ ލޯންޗު އެއް ލޯންޗަށްވުރެ ބާރަށް އަނެއް ލޯންޗު ސްޕީޑުގައި އައި މަންޒަރެވެ.
އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ އާންމުންގެ ފާޑުކިޔުން ބޮޑުވެފައިވަނިކޮށް މިއަދު ފުލުހުން ބުނެފައިވަނީ ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ސޯޝަލް މީޑީއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
"މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ، މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން" މިއަދު ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ވީޑިއޯގައި ހިމެނެނޭ ލޯންޗުތަކަކީ މި އަހަރުގެ އޯގަސްޓްމަހުގެ 13 ވަނަ ދުވަހު އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް