މިސް ޔުނިވާސް ބަހްރައިން 2024 މިއަދު ރާއްޖޭގައި ކުރިއަށްދާނެއެވެ.
މި މުބާރާތް މިއަދު ކުރިއަށްދާނީ މިރިހި އައިލެންޑް ރިސޯޓުގައި ކަމަށް މި މުބާރާތް އިންތިޒާމްކުރާ ހައުސް އޮފް ޔުޖެން އިން ބުނެއެވެ.
މި މުބާރާތުގައި މިހާތަނަށް ޓޮޕް އަށަކއި ހަމައަށް ދަތުރުކޮށްފައިވަނީ އަދްވައިތާ ޝެޓީ، އީމާން އަލަސްފޫރް، ޖީހާން އަލްރޮވައީ، ކަރީނާ އިވަނޯވާ، ކިއާރާ ޗަބްރާ، މިޝޭލް، އޮލާ އެޑެލް އަދި ޝެރީން އަހްމަދެވެ.
ޖަޖުންގެ ޕެނަލްގައި ހަތް މެންބަރަކު ހިމެނޭއިރު އޭގެ ތެރޭގައި ދެ ދިވެއްސަކު ހިމެނެއެވެ. އެއީ ކުޑަފުށި ރިސޯޓާއި، ކޮށްޓެފަރު ރިސޯޓާއި އަދި ކޮރަލް ޓްރީ ރިސޯޓުގެ ވެރިޔާ އަލީ ޒާހިރް ހިލްމީ އާއި ކޮށްޓެފަރު ރިސޯޓުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އައިމިނަތު ޒާދީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް