ބޭސްފަރުވާއަށް ފައިސާގެ އެހީތެރިކަން ބޭނުންވި ތިން އާއިލާއަކަށް ސަމާގެ "ހިތުން ހިތަށް" ޕްރޮގްރާމުން ލައްކައަކަށްވުރެ ގިނަ ރުފިޔާ

ބޭސްފަރުވާއަށް ފައިސާގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެފައިތިބި ތިން އާއިލާއަކަށް މަރިޔަމް ސަމާ (ޓިކްޓޮކް ސަމާ) އަދި އޭނާގެ "ހިތުން ހިތަށް" ޓީމުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިދީފިއެވެ. "ހިތު...

05 Oct 2024 | 05:45

ބޭސްފަރުވާއަށް ފައިސާގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެފައިތިބި ތިން އާއިލާއަކަށް މަރިޔަމް ސަމާ (ޓިކްޓޮކް ސަމާ) އަދި އޭނާގެ "ހިތުން ހިތަށް" ޓީމުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިދީފިއެވެ.

"ހިތުން ހިތަށް" ނަމުގައި ފަންޑްރައިޒިންގް އިވެންޓްތަކެއް ޓިކްޓޮކްގައި ކުރިއަށްގެންދާ ސަމާ އަދި އޭނާގެ ޓީމުން މި އޮކްޓޯބަރު މަހު ޚިޔާރުކުރީ ތަފާތު ގޮތަކަށް އެއްފަރާ ތިން އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި އެ އާއިލާތަކުން ދުރާލާ ބުނި އަދަދަށް ފައިސާގެ އެހީތެރިކަން ހޯދައިދިނުމަށެވެ.

އެގޮތުނ ފުރަތަމަ ކޭސްގެ ގޮތުގައި ކުރިއަށްގެންދިޔައީ އުމުރުން ހަތް މަހުގެ ތުއްތު ކުއްޖެއްގެ ބޭސްފަރުވާގެ ކަންކަމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން އުމުރުން އެންމެ ހަތް މަހުގެ ލިވްޔާ ބިންތި މުހައްމަދު ރަމީޒްގެ އާއިލާއިން އެ ލައިވްގައި މައުލޫމާތު ހިއްސާކުރަމުން ބުނީ ކުއްޖާއަކީ ޑައުން ސިންޑްރޯމް ހުންނަ އަދި ހިތުގައި ލޯވަޅެއް ހުރި އަދި ވޭލްވްސް ރަނގަޅަށް ފުރިހަމަ ނުވާ ކުއްޖެއް ކަމުން މިވަގުތު ތިބީ އޮޕަރޭޝަނެއް ކުރުމަށްފަހު އިންޑިއާގައި ކަމަށާއި އެއް މަސް ފަހުން ދައްކަންޖެހޭތީ ތިބުމާއި އެހެނިހެން ޚަރަދުތަކަށް 25 ހާހެއްހާ ރުފިޔާ ބޭނުންވާނެކަމަށް އެ އާއިލާއިން އަންދާޒާ ކުރާ ކަމަށެވެ.

އެ އަދަދަށް އަމާޒުހިފައި ފެށި ލައިވްގައި އެ ކޭސް ނިންމާލީ 26،427.05 ރުފިޔާ އެ އާއިލާއަށް ހޯދައިދިނުމަށްފަހުގައެވެ.

ދެވަނަ ކޭސްއަކީ އުމުރުން ހަމަ އެންމެ މަހެއް ފުރިފައިވާ ޒަލްޔާ މުހައްމަދު ފިޓް ޖެހޭތީ އިތުރު ފަރުވާއަށް ބޭރަށް ދިއުމަށް ފައިސާގެ އެހީތެރިކަން ހޯދައިދިނުމަށް ކުރިއަށްގެންދިޔަ ކޭސް އެކެވެ. އެ ކޭސްގައި އާއިލާއިން އެދުނު އަދަދަކީ 2000 ޑޮލަރަށްވާ ފައިސާ ކަމުގައިވާ 30 ހާސް ރުފިޔާގެ އެހީތެރިކަމެއް ހޯދައިދިނުމަށެވެ. ޒަލްޔާ މުހައްމަދުގެ އާއިލާއަށް އެ ލައިވްގައި 30،569.70 ރުފިޔާ ހޯދައިދީފައިވެއެވެ.

https://www.facebook.com/dhuvasmv/videos/893071412295921/?__cft__[0]=AZXi4HVyTlh9x4VPgcd5TDUYjtjB6UCIwEg1iimNkUHo8zcf_IQP8kKNeNiSlMQDGkK1bJDa2cNSGs2wobPiSWPGgpq6cAmuT9UlksxsCuNqrMP7sZLSbDXaXgn3p6TqPAJ8HjKeUW4TYxWCLH6oLkUu01x3QPkq75dWjm1p94NT75A9oxXt6XRRqg7f2E3mVX9DTTQ_SNLPpeGt8O0mrcbt&__tn__=%2CO%2CP-R

ތިންވަނަ ކޭސް އަކީ މިވަގުތު އިންޑިއާގެ އެސްޓަރ މެޑިސިޓީގައި ސިސްޓެއް ހުރެގެން އޮޕަރޭޝަނެއްކޮށްފައި އޮތް، ބަނޑަށް ފަސް މަސް ފުރިފައިވާ މަރިޔަމް ޝަހާ އަސްލަމަށް ފައިސާގެ އެހީތެރިކަން ހޯދައިދިނުމަށް ކުރިއަށްގެންދިޔަ ކޭސް އެކެވެ. ޝަހާ އަދި ޝަހާ އާއިލާއިން އެދުނީ 3000 ޑޮލަރަށްވާހާ ދިވެހި ރުފިޔާ 46،260 ރުފިޔާ ހޯދައިދިނުމަށެވެ. ހިތުން ހިތަށް ޕްރޮގްރާމްގެ އޮކްޓޯބަރ އިވެންޓް ނިންމާލީ ޝަހާ އަށް 47،078.38 ރުފިޔާ އަދި 53 ޑޮލަރު ހޯދައިދިނުމަށްފަހުގައެވެ.

މި ތިން ކޭސް ކުރިއަށްގެންދިޔައީ ދެ ރެއެއްގެ މައްޗަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ރޭ ތިން ގަޑިއިރެއްހާއިރަށް ލައިވް ދިގުދެމިގެންދިޔައެވެ. ދެވަނަ ރޭގައި (ރޭގައި) ލައިވް ދޮޅުގަޑިއިރަށްވުރެ ގިނައިރަށް ދެމިގެންދިޔައެވެ.

https://www.facebook.com/dhuvasmv/videos/879556574121014/?__cft__[0]=AZXtjqgAQcQ-A4m-c8F-8Y4VYFERoyOkCROEcgRLWGoHdyZ3ZdrQBNBKihMFARc-Tmqy9Dlf3nOiltkWNxVn3QyDdC94X9HpjAWX9RTAHhUb0eOd7smpshNbwknGqy6qtJIoa87YvijRLsxSY4Ded0sWfXIY_yguW0NoQ8bjC6bJlESa5s2lTgKuUc2TilBdGaS9vbxi2wrfq8D_Zv4kwzPn&__tn__=%2CO%2CP-R

ސަމާ އަންނަނީ ބޭސްފަރުވާއަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ހޯދައިދިނުމަށް އިންތިޒާމުވެވިގެން "ހިތުން ހިތަށް" ނަމުގައި ޕްރޮގްރާމެއް ކުރިއަށްގެންދަމުންނެވެ. މި ޕްރޮގްރާމްތަކުގައި މި އަހަރު އެކަނިވެސް މިހާތަނަށް އެކި އާއިލާތަކަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ހޯދައިދީފައިވެއެވެ. ސަމާ ބުނެފައިވާގޮތުގައި މި އަހަރު ސަމާގެ އަމާޒަކީ އެ އަދަދު އެއް މިލިޔަން ރުފިޔާއަށްވުރެ މަތި ކުރަމުންނެވެ.

ސަމާ އަދި އޭނާގެ ޓީމުން އެހީތެރިކަން ފޯރުކޮށްދެނީ އާސަންދަ އަދި އެންސްޕާ ލިބުނު ނަމަވެސް އިތުރަށް އިންތިހާއަށް ފައިސާގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށެވެ. އަދި ސަމާގެ ހިތުން ހިތަށް ޕްރޮގްރާމަށް ކޭސްތައް ސެލެކްޓް ކުރުމުގައި ސަމާ އަދި އޭނާގެ ޓީމުން ގިނަ ކަންތައްތަކަކަށް އަދި ގިން ގޮތްގޮތަކަށް ތެދު ހަގީގަތް ބަލައެވެ. އަދި އެ ލައިވްތަކުގައި ފައިސާގެ އެހީތެރިކަން ޖަމާކުރަމުންގެންދަނީ ސީދާ އެ އާއިލާއެއްގެ އެކައުންޓްތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް