ނޫސްވެރިޔާ އަދި އެކްޓިވިސްޓް އަޒާންގެ އަމާޒު ހިތަދޫ މެދު ދާއިރާގެ މަޖިލިސް ގޮނޑިއަށް

ދިޔަރެސް ނޫހުގެ ފައުންޑަރ، ނޫސްވެރިޔާ އަދި ސިޔާސީ އެކްޓިވިސްތް އަހްމަދު އަޒާން ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވަން ނިންމާ އެކަން އިއުލާނުކުރައްވައިފިއެވެ. މިކަން އިއުލާނުކުރައްވައި އަޒާން ކުރެއްވި ޕ...

05 Oct 2023 | 16:49

ދިޔަރެސް ނޫހުގެ ފައުންޑަރ، ނޫސްވެރިޔާ އަދި ސިޔާސީ އެކްޓިވިސްތް އަހްމަދު އަޒާން ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވަން ނިންމާ އެކަން އިއުލާނުކުރައްވައިފިއެވެ.

މިކަން އިއުލާނުކުރައްވައި އަޒާން ކުރެއްވި ޕޯސްޓްގައި ވަނީ އަޒާންގެ އެ ދަތުރުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަޒާން އާއި ކޮންޓެކްޓް ކުރުމަށް އެދިފައެވެ.

ކުރިން ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ފެނިގެންދިޔަ، އަދި ފަހުން ދިޔަރެސް ނޫހުގެ ފައުންޑާގެ ގޮތުގައްޔާއި އެ ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ އަޒާން އަކީ މި ހިނގާ ސަރުކާރާއި ދެކޮޅަށް ވަރަށް ފާޅުގައި މަސައްކަތްކޮށް މި ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ ސިޔާސީ ފަރާތްތަކަށް ނުރައްކާތެރި ނޫސްވެރިޔަކަށް އަޒާން ވެގެންދިޔައެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭކަމަށް ބުނާ މައްސަލައިގާ ގިނަ މަސައްކަތްތަކެއްކޮށް ސަރުކާރަށް އެކަމުގެ ގޮންޖެހުންތައް ވަރަށް ބޮޑަށް އަޒާން އާއި އޭނާގެ ޓީމުން ކުރިމަތި ކުރުވިއެވެ. ނިމެން މިދާ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި އަޒާން ވެގެން ގޮސްފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވައި ސަރުކާރަށް އެތައް ގޮތަކުން ގޮންޖެހުންތައް ކުރިމަތި ކުރުވި ނޫސްވެރިއެއްގެ ގޮތުގައެވެ.

އަޒާން ވާދަކުރަން ނިންމާފައިވަނީ ޕީޕީއެމް، ޕީއެންސީ ޓިކެޓުގައިކަން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް