ވެރިކަން ބަދަލުވުމުގެ މަރުހަލާގެ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަނުގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ބުނެފައިވަނީ އެ މަގާމަށް އަދުރޭ ހަމަޖައްސާފައިވަނީ ވެރިކަން ބަދަލުވުމުގެ މަހުހަލާއާބެހޭ ގާނޫނުގެ ހަވަނަ މާއްދާގައި ބަޔާންވެފައިވާގޮތުން އެ ގާނޫނުގެ ދަށުން ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމްކޮށް ބަލަހައްޓަންޖެހޭނީ "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ކަމަށް އެ ގާނޫނުގައި ހަތް ވަނަ މާއްދާގައި ބުނެފައިވާއިރު އެ މަގަމާމަށް މީހަކު ހަމަޖައްސަންޖެހޭނީ އިންތިހާބީ ރައީސް އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ސީއެސްސީންނެވެ.
"2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުމާއެކު، ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ މި ކޮމިޝަނުން ހަމަޖައްސަވައިފިއެވެ."
ސީއެސްސީން ބުނެފައިވެއެވެ.
އަދުރޭ އެ މަގާމަށް އައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ގިނަ މެންބަރުންނާއި، ސީއެސްސީގެ ރައީސާއި އެ ކޮމިޝަނުގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަދުރޭއަކީ މިވަގުތު ޕީއެންސީގެ ޗެއާޕާސަނެވެ. އިއްޔެއާއި ހަމައަށް ހުންނެވީ އެ ޕާޓީގެ ރައީސްގެ މަގާމުގައެވެ. ޑރ. މުއިއްޒު ވެރިކަމަށް ހޮވިވަޑައިގެންނެވީ ޕީއެންސީގެ ޓިކެޓުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް