ޕީޕީއެމްއަށް އަލަށް ގުޅޭ10،000 މެމްބަރުންގެ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ޕީޕީއެމްއިން ބުނީ އެ ފޯމްތަކަކީ މިދިޔަ އެއްމަސް ދުވަހުގެ ތެރޭގައި އެ ޕާޓީއަށް ސޮއި ކޮށްފައިވާ މެމްބަރުން ކަމަށެވެ. މި ފޯމްތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުން އެ ޕާޓީއަށް ގުޅުނު މެމްބަރުންގެ ފޯމެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަހެއްގެ ތެރޭގައި މިހާ ގިނަ ބަޔަކު ޕާޓީއާއި ގުޅުމަކީ ކުރީގެ ރައީސް އަދި އެ ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީނަށް ރައްޔިތުން ކުރާ އިތުބާރު ފެނިގެންދާ ކަމެއް ކަމަށެވެ.
އޭނާ ވަނީ އަލަށް ގުޅުނު ހުރިހާ މެމްބަރުން ޝުކުރު އަދާކޮށް މަރުހަބާ ކިޔާފައި އެވެ.
https://twitter.com/Shiyamaldives/status/1577592782914433025
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް