ހަރުކަށި ފިކުރައި ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރއްވި ޓުވީޓެއްގައި ވިދާޅުވީ ކުއްޖެއްގެ ހަޔާތުގައި ތަސްރަފް ފުދި ބޮޑު މީހަކަށް ވންދަށް ގިނަ ވަގުތު ހޭދަ ކުރަނީ ޓީޗަރުންނާއި އެކު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެހެން ކަމުން އަންނަން އޮތް ޖީލު ހައްދުފަހަނަ އަޅާ ވިސްނުމަ ދޫކުރުމަށް އެޅެން އޮތް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށެވެ.
އަދި ވިދާޅުވީ އެކަމަށް އެންމެ ބޮޑު ބާރެއް އެޅޭނީ ޓީޗަރުންނަށް ކަމަށެވެ. ނަޝީދު ވަނީ ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ޓީޗަރުންނަށް ފޮނުއްވާފައި އެވެ.
https://twitter.com/MohamedNasheed/status/1577547434150223872
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް