ގަތަރު ވަރލްޑް ކަޕާ ދިމާކޮށް އެސްޓީއޯ އިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގަތަރު ވަރލްޑް ކަޕާ ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. "ހޭވައްލާ ތައްޔާރު" ގެ ނަމުގައި ކުރިއަށް ގެންދާ މި މި ޕްރޮމޯޝަން ކުރިޔަށްގެންދާނީ މިއަދު...

05 Oct 2022 | 08:33

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގަތަރު ވަރލްޑް ކަޕާ ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ހޭވައްލާ ތައްޔާރު" ގެ ނަމުގައި ކުރިއަށް ގެންދާ މި މި ޕްރޮމޯޝަން ކުރިޔަށްގެންދާނީ މިއަދުން ފެށިގެން 30 ނޮވެމްބަރ ގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަން ކުރިޔަށް ގެންދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގަ އެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކުން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ބައްލަވައިގަންނަ 50 އިންޗީ (މޮޑެލް 50PUT8115/98) ގެ ފިލިޕްސް ޓީވީއަކާއެކު ސައުންޑްސްޕީކަރ ބާ އެއް ހިލޭ ލިބޭނެ އެވެ. އަދި ކޮންމެ ޓީވީއަކާއެކު ބްރެކްޓް ވެސް ހިލޭ ލިބޭނެ އެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަންގެ ގްރޭންޑް އިނާމްތަކުގެ ތެރޭގައި އެއްވަނަ އިނާމް އައިފޯން 14 ޕްރޯ މެކްސް ދޭ އިރު، ދެވަނަ އިނާމް ޕީއެސް 5 އެއް ވީއާރް އާއެކު ދޭނެ ކަމަށެވެ. އަދި ތިންވަނަ އިނާމަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15000 ރުފިޔާގެ ގިފްޓް ވޮއުޗަރ އެއް ދޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން މި ވޮއުޗަރގެ ދަށުން ނެގޭނީ ގެއާއި ބަދިގޭ ސާމާނު ލިބޭނެ ކަމަށް ވެސް ބުންޏެވެ.

މި ލަކީޑްރޯ ގައި ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، ޕީޕަލްސް ޗޮއިސްގައި ވަގުތުން އިނާމު ލިބޭ ބައެއް ގޭމްތައް ވެސް ހުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް