އިނގިރޭސި ކުލަބު ޗެލްސީއަށް ކުޅެމުން އަންނަ ބްރެޒިލް ޑިފެންޑަރ ތިއާގޯ ސިލްވާގެ އެއްބަސވުން އިތުރު ދެ އަހަރަށް އައުކުރުމަށް ޗެލްސީން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ތިއާގޯ ސިލްވާ މިހާރު ޗެލްސީއާއި އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ނިމޭއިރު، ޗެލްސީން ތައްޔާރުވަމުން އަންނަނީ އިތުރު ދެ އަހަރު ދުވަހު ކުލަބުގައި މަޑުކުރުމަށް އެނާގެ އެއްބަސްވުން އަލުން އައުކުރާން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތިއާގީ ސިލްވާ އަކީ ޗެލްސީގެ އޯނަރު ޓޮޑް ބޮއިލީ ވަރަށް ގަވާވާ ކުޅުންތެރިއެކެވެ. އެގޮތުން މީގެ ކުރިން ވެސް ބޮއިލީ ވަނީ ތިއާގޯ ސިލްވާ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާއަށް އިތުރު ދެ އަހަރުގެ އެއްބަސްވުމެއް ދީނުމަށް ފަހު ކުލަނުގައި މަޑުކުރުވުމަށް ވެސް މަސައްކަތް ކުރަނީ ޗެލްސީގެ ވެރިޔާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ފްރާންސްގެ ޕީއެސްޖީން ޗެލްސީއަށް ސިލްވާ ބަދަލުވީ 2021 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 28 ވަނަ ދުވަހު އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން އެ އެއްބަސްވުން ހަމަވުމާއި އެކު ދެވަނަ ފަހަރަށް ސިލްވާގެ އެއްބަސްވުން ޗެލްސީން އައުކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަސްތެރޭގައެވެ.
އިނގިރޭސި ބައެއް މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުން ބޮއިލީ ބޭނުންވަނީ ސިލްވާ ޗެލްސީގައި ކެރިއަރު ނިންމާލާށެވެ. އަދި އޭގެ ފަހުގައި ކުލަބް ސްޓާފެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް