ދިވެހިރާއްޖޭގެ ފަތުރުވެރިކަން އާ އުސްމިނަކަށް ގެންދިއުމުގެ އަމާޒަށް ވާސިލުވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި ތިބޭނެކަމުގައި އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.
އުރީދޫ މޯލްޑިވްސް އިން މިހެން ބުނެފައިވާއިރު ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވެންޓްގައި ފަތުރުވެރިކަން ބިނާކުރުމުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އުރީދޫ މޯލްޑިވްސް އަށް ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވާޑް ވަނީ ލިބިގެން ގޮސްފައެވެ.
ބީ2ބީ ސޮލިއުޝަން ތަކާއެކު އުރީދު މޯލްޑިވްސްގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން
އަދުގެ އީޖާދީ މި މުޖްތަމައުގައި ވިޔަފާރިތައް ކުރިއަރާދިއުމަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭނެ އެއް ދާއިރާއަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އަންނަނީ ހަރަދު ކުޑަ ނަތީޖާ އެތައް ގުނައެއް ރަނގަޅުކޮށްދޭ ޓެކްނޮލޮޖީތަކުގެ އެހީތެރިކަން ހޯދަމުންނެވެ.
މިފަދަ ޓެކްނޮލޮޖީތަކުގެ އެހީތެރިކަން އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް އިން އަންނަނީ އިސް ދައުރެއް އަދާކުރަމުންނެވެ. އަދި ވަކިން ހާއްސަގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ކަމުގައިވާ ގެސްޓް ހައުސް އަދި ރިސޯޓްތަކަށް އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދެމުން އަންނަ ޑިޖިޓަލް ހިދުމަތްތަކަކީ ފާހަގަކޮށްލެވޭފަދަ ހިދުމަތް ތަކެކެވެ. މިގޮތުން ހޮސްޕިޓާލިޓީ އިންޑަސްޓްރީއަށް އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދެމުން އަންނަ "ޑިޖިޓަލް ރިސޯޓްސް" ހިދުމަތަކީ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކުރުމާއި ހަމައިން ފަތުރުވެރިޔާގެ ދަތުރު ނިންމާލުމާއި ހަމައަށް އެ ފަތުރުވެރިންނަށް ފުރިހަމަ ކަނެކްޓިވިޓީއެއްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ހިދުމަތެކެވެ.
މިފަދަ އީޖާދީ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް އުރީދޫ މޯލްޑިވްސް އިން "ޓަޔަރ 3 ކެރިއަރ ގްރޭޑް" ގެ ޑާޓާ ސެންޓަރެއް ގާއިމްކޮށް ހާއްސަ ޓީމަކުން 7/24 ހިދުމަތް ފޯރުކޮށްދެމުން އަންނައިރު މި ޑާޓާ ސެންޓަރުގެ ސަބަބުން ރައްކާތެރިކަމާއި އިތުބާރާއެކު ވިޔަފާރިތަކާއި ބޮޑެތި ހިދުމަތްތަކުގެ ޑާޓާތައް މެނޭޖްކުރުމުގައި އެކަމަށް ހާއްސަ ވަކި ސާވާތަކެއް، ވަކި ވަކި ވިޔަފާރިތަކުން ބޭނުން ކުރަން ނުޖެހި ޔަގީންކަމާއި އިތުބާރާއެކު ރައްކާތެރިކަމާއެކު ޑާޓާ މެނޭޖްކުރުމުގެ ޔަގީންކަން އުރީދޫއިން ލިއްބައިދެއެވެ.
އުރީދޫގެ ޑިޖިޓަލް ހިދުމަތްތަކުގެ އެހީގައި މުވައްޒަފުން ތިބި ތާކު ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާއިރު އުރީދޫ މޯލްޑިވްސްގެ "އެންޓަޕްރައިޒަސް ސޮލިއުޝަންސް" އާއެކު ވެބް ހޯސްޓިންގް، މޯބައިލް އެޕްލިކޭޝަން ހޯސްޓިންގ އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭސްޑް ކަސްޓަމަރ ޕްލެޓްފޯމްތަކުގެ އިތުރުން ޑިޖިޓަލް އޮފީސް އޮޕްޝަންސް، ޑިޖިޓަލް ގާޑް ސޮލިއުޝަންސް، އޯޑިއޯ ވީޑިއޯ ކޮންފަރެންސިންގ ސޮލިއުޝަންސް، ޖީޕީއެސް ވެސެލް ޓްރެކިންގ ސޮލިއުޝަންސް، އިން-ރޫމް އޮޓޮމޭޝަން އެކްސްޕީރިއަންސްގެ އިތުރުން ޗެޓްބޮޓްތައް ހޯސްޓްކުރުމާއި މިފަދަ ޓެކްނޯލޮޖީގެ ހިދުމަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިގަތުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.
މި ހިދުމަތްތަކުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ފަތުރުވެރިންނަށް ހާއްސަކޮށްގެން، ތައާރަފްކޮށްފައިވާ އާ ގޯލްޑަން އިޔާ ސިމް ޕެކް ފާހަގަކޮށްލަން ޖެހެއެވެ.
މި ސިމް ޕެކްގައި އެއް މަސް ދުވަހުގެ ވެލިޑިޓީއަކާއެކު ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމަނާފައިވާއިރު، ސޯޝަލް މީޑިއާއަށް ހާއްސަ ޑޭޓާވެސް ވަނީ ހިމަނާފައެވެ. މި ޕެކޭޖާއެކު ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށް ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ ފަސޭހަކަމާއެކު ގުޅުވައިލަދީ ރާއްޖޭގައި ކުރާ ހިތްގައިމު ދަތުރު ހިއްސާކޮށްލެވޭނެއެވެ.
ބަވަނަވަމުން އަންނަ ޓެކްނޯލޮޖީގެ މި ދުނިޔޭގައި އަބަދުވެސް އެންމެ ފަހުގެ ޓެކްނޯލޮޖީއާ ނުލާ ކުރިއަށްދާން ވިޔަފާރި ކޮމިއުނިޓީއަށް ދަތިތަކާ ކުރިމަތިވާނެ މި ޒަމާނުގައި އުރީދޫ މޯލްޑިވްސް އިން އަންނަނީ ނެޓްވޯކް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް ވަރުގަދަކޮށް ޒަމާނީ ޓެކްނޮލޮޖީއަށް ފުރުސަތު ފަހިކޮށްދެމުންނެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް، އިންޓަނެޓް އޮފް ތިންގްސް (އައިއޯޓީ)، އޭއާރް/ވީއާރްގެ ޓެކްނޮލޮޖީގެ ފުރުސަތުވެސް ފަހިކޮށްދެމުންނެވެ.
މީގެ އިތުރުން 2020 ވަނަ އަހަރު ސްރީ ލަންކާގެ ކޮލޮމްބޯ އާއި ހުޅުމާލެއާއި ދެމެދުގެ ސަބްމެރިން ކޭބަލެއް ގާއިމްކޮށްފައިވާއިރު އުރީދޫ މޯލްޑިވްސް ނެޓްވޯކްގެ ޑިޖިޓަލް ކެޕޭސިޓީ މި ސަބްމެރިން ކޭބަލާއެކު އިތުރަށް ވަނީ ފުރިހަމަވެގެން ގޮސްފައެވެ. އަދި މިހާރުވެސް ދުނިޔޭގެ ބޮޑެތި ބައެއް ބައްރުތައް އެއް ނެޓްވޯކަކުން ގުޅާލަދޭނެ "ޕީސް ކޭބަލް" ގައިވެސް އުރީދޫ މޯލްޑިވްސްގެ ބައިވެރިވުން އޮތްކަމީ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތާއި އެކަމަށް ކުރާ އިންވެސްޓްމަންޓް ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ.
ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް ފައިދާ ކުރުވަނިވި އެތައް ހިދުމަތްތަކެއް އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދެމުން އަންނައިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދިޔަ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭނަކީވެސް ވަރަށް ފާހަގަކޮށްލެވޭ ހަރަކާތެކެވެ.
https://twitter.com/OoredooMaldives/status/1577151690687406081?s=20&t=EBDnYsmk7w-XeH8MHYxMVw
"ވިޒިޓް މޯލްޑިވްސް ނައު"ގެ ނަމުގައި އުރީދޫ މޯލްޑިވްސްއިން ދިވެހި ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމަށް، ސެޕްޓެމްބަރ 2020 ގައި ފެށި ޑެސްޓިނޭޝަން މާކެޓިންގ ކެމްޕޭނަކީ ރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯރކާ މީޑިއާ ގްރޫޕުން ގުޅިގެން ކުރިއަށް ގެންދިޔަ ކެމްޕޭނެކެވެ. މި ކެންޕެއިންގެ ތެރެއިން ދުނިޔޭގެ 10 ޤައުމަކުން 117 މިލިއަން މީހުންނަށް މެސެޖްތައް ފޯރުކޮށްދިނުމަކީ އުރީދޫ މޯލްޑިވްސްގެ އަމާޒު ކަމުގައި ކަނޑައެޅިއެވެ.
މި ކެމްޕެއިންގެ ދަށުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އުރީދޫގެ މީޑިއާ ޕާރޓްނަރުންގެ މީސްމީޑިއާ ޕްލެޓްފޯރމްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް