ލިއޮނަލް މެސީ، ޕީއެސްޖީއާ އެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އަލުން އެނބުރި ކުރީގެ ކުލަބު ބާސެލޯނާއަށް ދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ނިމިގެން ދިޔަ އަހަރުގެ އޮގަސްޓް މަސް ތެރޭގައި ބާސާ ދޫކޮށް މެސީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ބަދަލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މެސީގެ އެއްބަސްވުން ހަމަވާނެއެވެ.
އަންނަ އަހަރުގެ ޖޫންމަހަށް ފަހު މެސީ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ޕީއެސްޖީން ބޭނުންވަނީ މެސީ އިތުރު ދެ އަހަރަށް ކުލަބުގައި މަޑުކުރުވާށެވެ. އަދި ޕީއެސްޖީން މެސީއަށް އައު އެއްބަސްވުމެއް ވެސް ދޭން އޮތީ ތައްޔާރަށެވެ. ޕީއެސްޖީން ބުނި ގޮތުގައި މެސީ އޭނާގެ އެއްބަސްވުން ހަމަވި ނަމަވެސް ކުލަބުގައި މަޑުކުރާނެއެވެ.
ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މެސީ އިތުރަށް ދެން ޕީއެސްޖީގައި މަޑުނުކުރާނެއެވެ. މެސީ ވެސް ބޭނުންވަނީ އޭނާގެ ކުރީގެ ކުލަބަށް އެނބުރި ދިއުމަށެވެ. މީގެ ދުވަސްތަކެއް ކުރިން މެސީ ބުނެފައިވަނީ އޭނާގެ ކެރިއަރުގެ ފަހު ވަގުތު ކޮޅު ހޭދަކުރަން ބޭނުންވަނީ ބާސާގައި ކަމަށެވެ. އަދި ރިޓަޔަވާން ވެސް ބޭނުންވަނީ ބާސާގައި ކަމަށެެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން ނަމަ އަންނަ ވޯލްޑްކަޕަށް ފަހު މެސީ އޭނާގެ މުސްތަޤުބަލާއި މެދު ގޮތެއް ނިންމާ އެކަން އިއުލާން ކުރާނެއެވެ.
20 އަހަރަށްވުރެ ގިނަ އަހަރު ބާސާއަށް ކުޅެދިނުމަށް ފަހު މެސީ ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރުގެ ނޫނު މޫސުމުގައެވެ.
މެސީ ވަނީ ބާސާގައި ހޭފަކުރި ދުވަސްތަކުގައި އެ ކުލަބާއި އެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް