ގައުމު ގެންދަންވާ މިސްރާބު، ހަގީގަތުގައި އަމާޒުކުރާ ފަރާތަކީ މުދައްރިސުން: އެޑިއުކޭޝަން މިނިސްޓަރު

ގައުމު ގެންދަންވާ މިސްރާބު ހަގީގަތުގައި އަމާޒުކުރާ ފަރާތަކީ މުދައްރިސުން ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދާ ޓީޗަރ...

05 Oct 2022 | 06:16

ގައުމު ގެންދަންވާ މިސްރާބު ހަގީގަތުގައި އަމާޒުކުރާ ފަރާތަކީ މުދައްރިސުން ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދާ ޓީޗަރުންގެ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަތޮޅުވެރީންނަށް ހިއްޕެވޭނީ ވަލުގައޭ، ބާރުލާނީ ރައްޔިތުންނޭ ބުނާ ބީދައިން މިފަދަ ބޮޑު ޒިންމާއެއް މުދައްރިސުންގެ ބޮލުގައި އެޅިފައިވީހިނދު މުދައްރިސުން ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރި ކަމަށެވެ.

" އެއީ ދަރިވަރުން އުނގެނޭ ތަކެތި ބިނާވަނީ ހަމައެކަނި މުދައްރިސުން ނަގައިދެއްވާ ފިލާވަޅުތަކަށް ނޫންކަން. މުދައްރިސުންގެ ސުލޫކާއި، ދަރިވަރުންނާއި މުޖުތަމަޢުއާއެކު މުދައްރިސުން އުފައްދާ ގުޅުންތަކާއި، މީހުންނާ މުޢާމަލާތްކުރާ ގޮތްތަކުންވެސް ދަރިވަރުން ނަމޫނާ ނަގާނެ. ދަރިވަރުންގެ ދިރިއުޅުމުގައި، އެކުދީންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި، އެކުދިންނާ ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރާ ފަރާތް." މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެހެންކަމުން ލޮބުވެތި މުދައްރިސުންގެ އަރިއަހުން އެދެނީ ދަރިވަރުންގެ ގައިގައި އަށަގަންނުވަން އަޅުގަނޑުމެން ބޭނުންވާ ރިވެތި ސިފަތަކުން މުދައްރިސުން ނަމޫނާ ދެއްކެވުން ކަމަށާއި ދީނާއި ޤައުމުދެކެ ލޯބިވާ ބަޔަކަށްވުމާއި އެކަކު އަނެކަކަށް އަޅާލުމާއި އިޙްތިރާމްކުރުމާއި އިޤްތިސާދު ކުރުންފަދަ މަކާރިމުލްއަޚްލާޤް ގެ އުޅުންތަކުން ފޭރާންލުން ކަމަށެވެ. މުދައްރިސުން ދެއްކި ނަމޫނާ ނޫން އެހެން އުޅުމެއް އެކުދީންގެ ފަރާތުން، ފަހަކުން ނުފެންނާނެ ކަމަށާއި އިންދި އޮށުގެ ބާވަތަކުން ނޫނީ ގޮވާމެއް ނުކެނޑޭނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް