ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ރޭންޖަރސް ބަލިކޮށްފިއެވެ.
ރޭންޖަރސްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 2-0 ނެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ހަތްވަނަ މިނެޓުގައިއެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ އެލެގްޒެންޑަރ އާނޯލްޑެވެ. އޭނާ މި ލަނޑު ޖެހީ ދުރުން ފޮނުވާލި ހިލޭ ޖެހުމުންނެވެ. ލިވަޕޫލުން ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ ދެވަނަ ހާފުގައެވެެ.. ލިވަޕޫލުގެ ދެވަނަ ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީ އެއްގައި މުޙައްމަދު ސަލާހު އެވެ. މިއީ ލެއޮން ކިންގް, ލުއިސް ޑިއާޒްއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
މިމޮޅާއެކު ލިވަޕޫލް ވަނީ ހަ ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނައަށް ޖެހިލާފައެވެ. މި ގުރޫޕުގެ ދެވަނާގައި އޮތީ ރޭ އަޔެކްސް އަތުން މޮޅުވި ނަޕޮލީއެވެ. އެޓީމުން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ. މިގްރޫޕްގެ ތިންވަނާގައި އަޔެކްސް އޮތީ ތިން ޕޮއިންޓާއެކުއެވެ. ރޭންޖަރސް އޮތީ ޕޮއިންޓެއް ނުލިބި ގުރޫޕުގެ ފުލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް