ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިލާން މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ބާސާއަތުން އިންޓަ މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗަކީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ބާސެލޯނާ ބަލިވި ދެވަނަ މެޗެވެ. އެޓީމު ވަނީ ބަޔާން އަތުން ވެސް ބަލިވެފައެވެ.
ރޭ ކުޅުނު ގްރޫޕްގެ ތިން ވަނަ މެޗުގައި ބާސެލޯނާ ބަލިވިއިރު، އެޓީމުން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ.
ރޭގެ މި މެޗުގައި އިންޓަގެ ހަމަ އެކަނި ގޯލު ޖަހައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހަކަން ޗަނޮނޮގްލޫ އެވެ. އޭނާ މި ގޯލު ޖެހީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މި މެޗުގައި ބާސާއިން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓީމަށް އިންޓަގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ރޭގެ މެޗުގައި ބާސެލޯނާގެ ޕެޑްރީ ޖެހި ގޯލެއް ޖެހިއެވެ. ނަމަވެސް މި ގޯލު ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާ ގޯލެއް ނޫންކަމަށް ނިންމާފައެވެ.
ރޭގެ މެޗުން ވި ބައްޔާއި އެކު މިވަގުތު ބާސާ އޮތީ ކުޅުނު ތިން މެޗުން ލިބުނު 3 ޕޮއިންޓާއި އެކު އެޓީމު ހިމެނޭ ގުރޫޕް ސީގެ ތިންވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް