ބޮލީވުޑްގެ ބައެއް މަޝްހޫރު ތަރިންނަށް ބަދަލު ނުކުރެވިގެން އުޅޭ އާދަތަކެއް!

ބޮލީވުޑްގެ ތަރިންގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ތަރިންގެ ގައިގަވެސް ނުރަނގަޅު ސަޕޯޓަރުން ބަލައި ނުގަންނަ އާދަތައް އަށަގަނެފަ ހުރެ އެވެ. އޭގެ ތެރޭގައި ކިބުރުވެރިކަމާއި ދުންފަތުގެ އިސްތިއުމާލު ކުރުމ...

05 Oct 2022 | 03:47

ބޮލީވުޑްގެ ތަރިންގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ތަރިންގެ ގައިގަވެސް ނުރަނގަޅު ސަޕޯޓަރުން ބަލައި ނުގަންނަ އާދަތައް އަށަގަނެފަ ހުރެ އެވެ.

އޭގެ ތެރޭގައި ކިބުރުވެރިކަމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އާންމުންގެ ތެރޭގައި އަދަބު އިހުތިރާމް ނުބެހެއްޓުން ހިމެނެ އެވެ. އަދި ބޭކާރު ހަރަދު ކުރުން ފަދަ ކަންކަމަކީ އެ ތަރިން ބޭނުންވިޔަސް ހުއްޓާލަން އުނދަގޫވެފައިވާ ކަންކަމެވެ.

މިފަހަރު މިބަލާލަނީ އެފަދަ ބައެއް ތަރިންނާއި އެމީހުންގެ ހުންނަ ނުރަނގަޅު އާދަތަކަށެވެ.

އާމިރު ހާން:

އާމިރުގެ ފެންވެރުމުގެ އާދައިގެ ވާހަކަ އަޑު އިވުނު ފަހުން ބައެއް މީހުން އޭނާދެކެ ފޫހިވެ ފަކުރުވެސް ގަތެވެ.2011 ވަނަ އަހަރު އާމިރުގެ އޭރުގެ އަންހެނުން ކިރަން ރާއޯ ބުނީ އޭނާ އަކީ ގަވައއިދުން ފެންވަރާ މީހެއް ނޫން ކަމަށާއި އާމިރު ގައިގަ ހުންނަ އެންމެ ހިތް ނޭދޭ ސިފަ އަކީ އެއީ ކަމަށެވެ.

އެކަމަށް އާމިރުވެސް އެއްބަސްވެ އެވެ. އޭނާ ބުނީ އާންމުކޮށް ފެންވަރަކީ މީހަކާއި ބައްދަލު ކުރަން ދާން، ޝޫޓިން އަކަށް ދާން ނުވަތަ ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެ ނަމަ ކަމަށާއި ގޭގައި ކިތަންމެ ދުވަހެއް ވަންދެން ނުނުކުމެ ހުންނަން ޖެހުނަސް ފެން ނުވަރާ ކަމަށެވެ.

ދީޕިކާ ޕަދުކޯން:

ދީޕިކާ އަކީ އެއާޕޯޓަށް ފުރަން ދާއިރު އާދަޔާ ހިލާފަށް ތައްޔާރުވެގެން ދާ މީހެކެވެ. ރީތި ކޮށް ބުނާނަމަ އެއާޕޯޓު ފެޝަންގައި ދީޕިކާ ހުންނަނީ ހައްދު ފަހަނަ އަޅާފައި އެވެ.

ގިނަ މީހުން ދީޕިކާ އެއާޕޯޓު ލުކާއި ގުޅޭގޮތުން ބުނީ އޭނާ ހެދުން އަޅާގޮތުން އެހެން މީހުން ދީޕިކާއަށް ބަލަން ނުޖެހޭނެ ކަމަށެވެ. ބަދަލުގައި ދީޕިކާ އަބަދުވެސް ހުންނާނީ އެއާޕޯޓު ތެރެއިން ފެންނަ މީހުންނަށް ބަލަން ކަމަށާއި އެއީ ދީޕިކާ ގައިގަ ހުންނަ ނުރަނގަޅު އާދައެއް ކަމަށެވެ.

ބައެއް ފަހަރު ދީޕިކާ އަކީ ކާކުކަން ބުނެދިނުމުގެ ގޮތުން މީހުންނާއި ދިމާލަށް ބަލާހެން ހީވާ ކަހަލަވެސް ބުނެފައިވެ އެވެ.

ކަރީނާ ކަޕޫރު ހާން:

ކަރީނާ އަކީ އާންމު ދިރިއުޅުމުގައި ވަރަށް ކޫލް ކޮށް އުޅޭ މީހެކެވެ. ހެދުން އުޅުމުގައިވެސް ގެންގުޅެނީ އަމިއްލަ ފެޝަނެކެވެ. ވަރަށް ފެޝަންކޮށް ހެދުން ލުމަށް ފަހު އޭގެ އެއްގަޑިއިރު ފަހުން ދޫ ޓީޝާޓު ގަނޑެއް ލައިގެންވެސް ތަނަކަށް ހިނގައިދާނެ އެވެ.

އާންމުން އެންމެ އަޅައިގަންނަ ކަމަކީ ކޮންމެ ތަނެއްގައި ހުރެފައިވެސް ކަރީނާ ނިޔަފަތީގައި ދަތް އަޅަ އަޅަ ހުންނާތީ އެވެ. އޭނާގެ ގާތް މީހުންވެސް މީޑިއާއަށް ދީފައިވާ ބައެއް އިންޓަވިއުތަކުގައި ބުނެފައިވާ ގޮތުގައި ކަރީނާއަށް ހަނދާން ކޮށްދިނަސް އެއީ ހުއްޓުނު އާދައެއް ނޫނެވެ.

ޕްރިޔަންކާ ޗޯޕްރާ ޖޯނަސް:

ޕްރިޔަންކާ އަކީ ވަރަށް މުއްސަނދި ދިރިއުޅުމެއް އުޅޭ ތަރި އެކެވެ. އަދި އެ މުއްސަނދިކަން ނުސީދާކޮށް އާންމުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްކުމަކީވެސް ވަރަށް ކުރާހިތްވާ ކަމެކެވެ.

ޕްރިޔަންކާގެ ހުންނަ އާދަތަކުގެ ތެރޭގައި ހަތަރު ކުއްތާ ގެންގުޅުމާއި ފައިވާން ނުވަތަ ބޫޓު އެއް ކުރުން ހިމެނެ އެވެ. މީގެ ތެރެއިންވެސް ބޫޓާއި ފައިވާން އެއްކުރުމުގައި އޭނާ ހުރީ ހައްދު ފަހަނައަޅާފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕްރިޔަންކާ އަތުގައި80 އަށްވުރެ ގިނަ ބޫޓާއި ފައިވާން ހުރެ އެވެ.

ރާނީ މުކަރުޖީ:

ރާނީއަކީ90 ގެ އަހަރުތަކުގެ ފަހުކޮޅު ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ތަރި އެވެ. މިހާރު އުމުރުން44 އަހަރުގެ ރާނީއަށް އަދިވެސް ނުހުއްޓިގެން އުޅެނީ ސިނގިރޭޓު ބުއިމުގެ އާދަ އެވެ.

އޭނާ ބުނީ އަބަދުވެސް މަސައްކަތް ކުރަނީ އެ ވަބާއިން ސަލާމަތްވުމަށް ސިނގިރޭޓު ބުއިން ހުއްޓާލުމަށް ކަމަށެވެ. އެކަމަކު ދުވަހަކުވެސް އެތަނެއް ނައެވެ.

ޝާހިދު ކަޕޫރު:

ޝާހިދު އެންމެ ހުއްޓާލަން ބޭނުންވާ ކަމަކީ ގިނައިން ކޮފީބުއިމެވެ. އޭނާ ބުނެފައިވާ ގޮތުގައި މަދުވެގެން ދުވާލަކު10 ތަށީ ކޮފީ ބޮއެވެ އެވެ. އެއާސްވުރެ ގިނައިން ކޮފީ ބޯ ދުވަސްވެސް ހުންނާނެ ކަަށް ބުނެފައިވެ އެވެ.

ސަނީ ލިއޯން: ސަނީ ހުންނަނީ އާދަޔާ ހިލާފަށް ގިނައިން ފައި ދޮންނަ މީހެކެވެ. އޭނާ އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ސަނީ އަކީ ކޮންމެ15 މިނެޓަކުން ފައި ދޮންނަ މީހެކެވެ.

އެ އާދައިގެ ސަބަބުން ބައެއް ފަހަރު ޝޫޓިންތަކުގައިވެސް އުނދަގޫވާކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް