ދުވަހުގެ މޫސުން: ދެކުނާއި މެދަށް ވިއްސާރަ، އުތުރަށް ކެރީގެ އަސަރު ފޯރާނެ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ދެކުނާއި މެދުރާއްޖެއަށް ވިއްސާރަކުރާނެކަމަށާއި ގުގުރުން އެކަށީގެންވާކަމަށާއި އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ...

05 Oct 2022 | 01:37

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ދެކުނާއި މެދުރާއްޖެއަށް ވިއްސާރަކުރާނެކަމަށާއި ގުގުރުން އެކަށީގެންވާކަމަށާއި އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ މި ބުލެޓިންގައި ބުނެފައިވާގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއިދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ރާއްޖޭގެ ކަނޑުތައް މިއަދު އާންމުގޮތެއްގައި ގަދަވާނެކަމަށް ބުނެފައިވާއިރު ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް