ކޮވިޑް-19 ގެ ދަތި ހާލަތުން އަރައިގަތުމުގައި ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތަށް ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ލް ޒޫރަބް ޕޮލޮލިކަޝްވިލީ ތަޢުރީފު ކުރައްވައިފި އެވެ.
އޭނާ މިކަމަށް ތައުރީފް ކުރެއްވީ 15 ވަނަ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ އޭޝިއާ/
ޕެސިފިކް އެގްޒެކެޓިވް ޓްރެއިނިންގް ޕްރޮގްރާމް އޮން ޓޫރިޒަމް ޕޮލިސީ އެންޑް ސްޓްރެޓަޖީގެ ހުޅުވުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
ޕެރެޑައިސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި ކުރިއަށްދާ މި ޕްރޮގްރާމުގައި ޔޫއެން.ޑަބްލިއު.ޓީ.އޯގެ އޭޝިއާ/ޕެސިފްިކްގެ 07 ޤައުމަކުން 11 ބައިވެރިން އަމަލީ ގޮތުން ބައިވެރިވެފައި ވެއެވެ. އަދި 8 ގައުމަކުން 37 ބައިވެރިން އޮންލައިންކޮށް ބައިވެރިވެފައި ވެއެވެ.
މި ރަސްމިއްޔާތު ރަފުވެރިކޮށްދެއްވީ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީ އަދި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުالله މަޢުސޫމް އެވެ.
މިޓްރެއިނިންގ ޕްރޮގްރާމު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ
ޖެނެރަލް ޒޫރަބް ވަނީ ކޮވިޑް-19 ގެ ދަތި ހާލަތުން އަރައިގަތުމުގައި ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތަށް ތައުރީފް ކުރައްވާފަ އެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަން ކުރިއެރުމަށްޓަކައި ދިވެހިރާއްޖެ އާއި އެހެނިހެން ޤައުމުތަކުގެ އިސްވެރިން ކުރަމުންދާ މަސައްކަތްތަށް ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޔޫ.އެން.ޑަބް.ލިއު.ޓީ.އޯގެ ފުރިހަމަ އެއްބާރުލުން އަބަދު ވެސް ލިބެމުންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ޓްރޭނިންގ ޕްރޮގްރާމްގެ ތެރެއިން ލިބޭ މަޢުލޫމާތުގެ ސަބަބުން ހުރިހާ ބައިވެރިންނަށް ވެސް ޑޮމެސްޓިކް ފަތުރުވެރިކަން މެދުވެރިކޮށް ފަތުރުވެރިންނަށާއި ރަށްވެހިންނަށް ލިބޭ މަންފާ އިތުރު ކުރެވޭނެ ގޮތްތައް އެނގިގެންދާނެ ކަމަށެވެ.
މިނިސްޓަރ ޑރ. އަބްދުالله މަޢުސޫމް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭ ޓޫރިޒަމް ޕްރޮޑަކްޓް "ވަން އައިލެންޑް ވަން
ރިޒޯޓް" ކޮންސެޕްޓުގެ ސަބަބުން އެހެން ޤައުމުތަކާއި ވާދަކުރުމުގައި ލިބޭ ބޮޑެތި ފައިދާތަކަށް ވަނީ އަލިއަޅުވާލައްވާފަ އެވެ.
މީގެ އިތުރުން މާކެޓްތައް ރާއްޖެ ގެނައުމަށްޓަކައި ޓޫރިޒަމް ސިންދަފާތުކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމާއިއެކު، ރަށުފަތުރުވަރިކަން ކުރިއަރުވައި މާކެޓްކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް ވަނީ އަލިއަޅުވާލާފަ އެވެ.
މި ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް