ޓީޗަރުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެސްޓީއޯ އިން ޓީޗަރުންނަށް ހަދިޔާ ބަހަނީ

ޓީޗަރުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެސްޓީއޯ އިން ޓީޗަރުންނަށް ހަދިޔާ ބަހަން ފަށައިފި އެވެ. އެގޮތުން އެސްޓީއޯ އިން ބުނީ މާލެ ސަރަހައްދުގައި ހުރި ސަރުކާރު ސްކޫލުތަކުގެ ޓީޗަރުންނަށް އެ ކުންފ...

05 Oct 2021 | 17:41

ޓީޗަރުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެސްޓީއޯ އިން ޓީޗަރުންނަށް ހަދިޔާ ބަހަން ފަށައިފި އެވެ.

އެގޮތުން އެސްޓީއޯ އިން ބުނީ މާލެ ސަރަހައްދުގައި ހުރި ސަރުކާރު ސްކޫލުތަކުގެ ޓީޗަރުންނަށް އެ ކުންފުނީގެ ފަރާތުން ޚާއްސަ ހަދިޔާއެއް ބަހާފައިވާ ކަމަށެވެ.

އެސްޓީއޯ އިން ބުނީ ޓީޗަރުން ކުރަމުން އަންނަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެހެންވެ، އެ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން 13 ސްކޫލަކަށް ގޮސް, އެ ސްކޫލުތަކުގެ ޓީޗަރުންނަށް 250 ރުފިޔާގެ ވައުޗަރަކާއި މާބޮނޑިއެއް ދީފައިވާ ކަމަށެވެ.

މާދަމާ ވެސް އިތުރު ތިން ސްކޫލެއްގެ ޓީޗަރުންނަށް ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ޓީޗަރުންނަށް ދޭ ވައުޗަރުން އެސްޓީއޯގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރި ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޓީޗަރުންނަށް ހަދިޔާ ބެހުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަ އެވެ.

https://twitter.com/stoplc/status/1445317617045028872

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް