ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު ދަށަށް – މިއަދު ޕޮޒިޓިވް ވީ 91 މީހުން

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 91 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފި އެވެ. އެޗްޕީއޭ އިން ބުނީ އޭގެ ތެރޭގައި ހިމެނެނީ މާލެއިން 30 މީހުންނާއި އަތޮޅުތަކުން 53 އަދި ރިސޯޓުތަކުން...

05 Oct 2021 | 17:08

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 91 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ އޭގެ ތެރޭގައި ހިމެނެނީ މާލެއިން 30 މީހުންނާއި އަތޮޅުތަކުން 53 އަދި ރިސޯޓުތަކުން 7 މީހުންނާއި ލައިވްބޯޑުން އެންމެމީހެކެވެ.

މިއަދުގެ އަދަދާއެކު ރާއްޖެއިން 85،198 މީހުންނަށް ވަނީ ކޮވިޑު ޖެހިފަ އެވެ.

ފާއިތުވި 24 ގަޑި އިރު، 3،805 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ އަދަދަކީ 1،379 އެވެ. އަދި 15 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެން ނެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން ފަރުވާ ހޯދައިގެން 83،574 މީހުން ރަނގަޅުވެފައިވާ އިރު، އެބަލީގައި ނިޔާވެފައިވަނީ 232 މީހުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް