ރައްޔިތުންގެ އެއްވެސްކަމެއްގައި ސަރުކާރަށް އާދޭސް ދަންނަވާކަށް ނުޖެހޭނެ: އަކްރަމް ކަމާލުއްދީން

ރައްޔިތުންގެ އެއްވެސްކަމެއްގައި ސަރުކާރަށް އާދޭސް ދަންނަވާކަށް ނުޖެހޭނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ހިޔާ ފުލެޓުތަކަށް ދ...

05 Oct 2021 | 16:16

ރައްޔިތުންގެ އެއްވެސްކަމެއްގައި ސަރުކާރަށް އާދޭސް ދަންނަވާކަށް ނުޖެހޭނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ހިޔާ ފުލެޓުތަކަށް ދީފައިވާ 3 މަސް ދުވަހުގެ ގުރޭސް މުއްދަތު އިތުރުކުރަންޖެހޭ 7 ސަބަބެއް ބަޔާންކޮށް ހައުސިންގ މިނިސްޓްރީއަށް، ހިޔާ ޔޫނިއަން އިން ފޮނުވާފައިވާ ސިޓީ އާ ގުޅިގެން މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.

22 ސެޕްޓެމްބަރ 2021ގައި ހިޔާ ޔޫނިއަނުން ފޮނުވައިފައިވާ ސިޓީއާއި ގުޅިގެން މިއަދު ބޭއްވި ބައްދަލުކުރުމުގައި ހިޔާ ޔޫނިއަނުން އެދިފައިވާ ކަންކަމުގެ އިތުރު ތަޕްސީލު ވަނީ ހޯދާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ރައްޔިތުންގެ އެއްވެސްކަމެއްގައި ސަރުކާރަށް އާދޭސް ދަންނަވާކަށް ނުޖެހޭނެ ކަމަށެވެ. އަދި މަޝްވަރާގެ ރިވެތި ސިފަ ޔޫނިއަނުން ދައްކަމުން އަންނަކަން ވެސް ސްޓޭޓް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން ސްޓޭޓް މިނިސްޓަރ ވަނީ ހިޔާ ޔޫނިއަނުން ފާހަގަކޮށްފައިވާ 7 ކަންތަކާއިއެކު ގުރޭސް ޕީއެޑަށް ހެދޭނެ ގޮތަކާއިމެދު ވިސްނުމަށް މިނިސްޓްރީއަށް 2 ހަފްތާގެ މުއްދަތެއް ދިނުމަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް