ނައިބު ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
މިކަން ހާމަ ކުރީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކެވެ. މަބްރޫކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައިބު ރައީސަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ގޯސް ނޫން ކަމަށެވެ. ނައިބު ރައީސް އާލާސްކަންފުޅާއި އުޅުއްވާތާ މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށްވެ އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ފައިސަލް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިމިވަނީ، އާލާސްކަންފުޅާ އުޅުއްވާތީ މި ހަފްތާއަށް ހަމަޖައްސާފައިހުރި ބައެއް ބައްދަލުވުންތައް ވެސް ކެންސަލް ކޮށްފައިވަނިކޮށެވެ.
https://twitter.com/MvSpokesperson/status/1445386243290943490
މިއަހަރު ކުރީ ކޮޅު ނައިބް ރައީސް ކޯވިޑް-19 އަށް ޕޮސިޓިވް ވެގެންވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް