އެންމެ ކުޑަ އުޖުރައިގެ ގޮތުގައި 5،700 ރުފިޔާ ކަނޑައަޅައިފި

މިނިމަން ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރައަކީ5،700 ރުފިޔާގެ ގޮތުގައި ކަނޑައަޅައިފި އެވެ. މި އަދަދު ކަނޑައެޅީ ރޭ މިނިވަން ވޭޖް ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އެވެ އަދި މިހާޜު ވަނީ އެލަފާ އިކޮނޮމިކް މ...

05 Oct 2021 | 14:43

މިނިމަން ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރައަކީ5،700 ރުފިޔާގެ ގޮތުގައި ކަނޑައަޅައިފި އެވެ.

މި އަދަދު ކަނޑައެޅީ ރޭ މިނިވަން ވޭޖް ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އެވެ އަދި މިހާޜު ވަނީ އެލަފާ އިކޮނޮމިކް މިނިސްޓަށް ދޭން ނިންމާފަ އެވެ.

މިނިމަމް ވޭޖް ބޯޑުން ކަނޑައަޅާފައިވަނީ ސިވިލް ސާވިސްގެ އެންމެ ދަށް މުސާރައިގެ ގޮތުގައި 7،000 ރުފިޔާ ކަނޑައެޅުމަށެވެ. އަދި އެ މުވައްޒަފުންނަކީ ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފުންނަށް ވާންޖެހެ އެވެ.

ކުދި ވިޔަފާރިތަކުން، ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރުވާނަމަ މަހު މުސާރައިގެ ގޮތުގަ ދަށްވެގެން 5،700 ރުފިޔާ ދޭންޖެހޭނެ އެވެ.

މެދުފަންތީގެ ވިޔަފާރިތަކުގައި އުޅޭ މުވައްޒަފުން، އަށް ގަޑިއިރު މަސައްކަތް ކުރުމުން، މަހު މުސާރައިގެ ގޮތުގައި ދޭން ކަނޑައެޅި އަދަދަކީ 8،000 ރުފިޔާއެވެ. އަދި ބޮޑެތި ވިޔަފާރިތަކުގައި އުޅޭ މުވައްޒަފުން، އަށް ގަޑިިއިރު މަސައްކަތް ކުރުމުން،މަހު މުސާރައިގެ ގޮތުގައި ދޭން ކަނޑައެޅި އަދަދަކީ 10،000 ރުފިޔާއެވެ.

ގަޑިއިރަކަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައި ހުރި ވަޒީފާތަކުގައި އިތުރު ގަޑީގެ ފައިސާ ދޭ އިރު އެންމެ ދަށްވެގެން މިނިމަމް ވޭޖްގެ ގަޑިއިރަކަށް ޖެހޭ ވަރު ދޭން ޖެހޭނެ އެވެ. މިހާރު ފާސްކޮށްފައިވާ އުސޫލުގައިވާ ގޮތުން މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ މުސާރައިގެ 70 ޕަސެންޓް އަސާސީ މުސާރައަށް ވާން ޖެހޭނެ އެވެ.

މި އަދަދަކީ ދިވެހިންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅި އަދަދެވެ. އަދިވެސް ބިދޭސީ މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެއް ނާޅަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް