ކުމުންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފި

ހދ. ކުމުންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްފިއެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެ ކުންފުނީގ...

05 Oct 2021 | 11:25

ހދ. ކުމުންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްފިއެވެ.

އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެރަޓަރީ ޒީނިއާ އަހުމަދު ހަމީދެވެ.

ޕްލޭނިންގް މިނިސްޓްރީއިން މައުލޫމާތު ދޭގޮތުގައި މި މަޝްރޫގެ ދަށުން 9،34.56 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، ބަނދަރަށް ވަންނަ ނެރު 4،954.91 ކިއުބިކް މީޓަރަށް ފުންކުރުން ހިމެނެއެވެ.

އަދި 242 މީޓަރ ބޮޑު ހިލައިގެ ބޭރު ތޮށި ޖެހުމާއި 198 މީޓަރު ސަރަހައްދެއްގެ ރިވެޓްމެންޓު ޖެހުން ހިމެނެއެވެ. މީގެ އިތުރުން 2 ނެވިގޭޝަން ލައިޓް ހަރުކުރުންވެސް ހިމެނެއެވެ.

މި މަޝްރޫއު ނިންމަން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 210 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.

މިއީ 35.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް