ޝާރުކްގެ ދަރި ހައްޔަރު ކުރުމުން ބޮލީވުޑް ހިމޭނުން، އާރްޔަން މިނިވަންވުމުގެ ފުރުސަތު ބޮޑު!

ބޮލީވުޑްގެ ސުޕާ ސްޓާ ޝާރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމުން މުޅި ބޮލީވުޑް ހިމޭންވެއްޖެ އެވެ. އުމުރުން 23 އަހަރުގެ އާރްޔަން ހައްޔަރު ކުރީ...

05 Oct 2021 | 11:17

ބޮލީވުޑްގެ ސުޕާ ސްޓާ ޝާރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމުން މުޅި ބޮލީވުޑް ހިމޭންވެއްޖެ އެވެ.

އުމުރުން 23 އަހަރުގެ އާރްޔަން ހައްޔަރު ކުރީ މިދިޔަ އާދިއްތަ ދުވަހު އެކުވެރިންނާއި އެކު މުމްބާއީ ބަނދަރެއްގައި އޮތް ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެތި ބޭނުންކޮށް ޕާޓީ ކުރަމުން ދަނިކޮށެވެ. އޭނާ މަސްތުވާތަކެއްޗަށް ޕޮސިޓިވްވި އިރު އަތުން މަސްވާތަކެތީގެ ބާވަތެއް ކަމަށްވާ 13 ގްރާމް ކޮކެއިން އާއި 21 ގްރާމް ކެނަބިސް ފެނިފައިވެ އެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެ މައްސަލައިގަ އާރްޔަން އާއި ދެކޮޅަށް އެއްވެސް އެެއްޗެއް ބުނާކަށް ބޮލީވުޑްގެ ތަރިއަކަށް އަދި ޑައިރެކްޓަރަކަށް، ޕްރޮޑިއުސަރަކަށް ނުކެރުނެވެ. ނަން ހާމަ ނުކުރާގޮތަށްވެސް ދެކޮޅަށް ވާހަކަ ދައްކަން ނުކެރޭނެ ކަމަށް އެ ފަރާތްތަކުން ބުނަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބައެއް މަޝްހޫރު ތަރިން ދަނީ ދެކޮޅަށް ވާހަކަދައްކަން ނުކެރުނަސް ޝާރުކަށް ހިތްވަރު ދެމުންނެވެ. އަދި މިހާރު ބޮޑެތިވަމުން އަންނަ ދަރިންގެ ފަރާތުން އެފަދަ ކަންކަން ފެންނާނެ ކަމަށް ބުނެ ބައެއް މީހުން ހިތްވަރުގެ މެސެޖުތައް ފޮނުވާފައިވެ އެވެ.

އާރްޔަންގެ ހައްޔާރައި އެކު މުޅި އިންޑިއާއަށް ގުޑުން އައިސްފަވާއިރު ގިނަ ބަޔަކު ބަލަން ބޭނުންވަނީ ގާނޫނީ ފިޔަވަޅު އޭނާއާއި ދެކޮޅަށް އަޅަން ކެރޭނެތޯ އެވެ. ނުފޫޒުގަދަ މީހެއްގެ ދަރިއަކަށްވުމުން ގާނޫނުގެ ކުރިމަތީގައި ހަމަހަމަވެ އިންސާފުވެރިކޮށް މި މައްސަލަ ތަހުގީގު ކުރެވިދާނެތޯ ބަލަން ބޭނުންވެ އެވެ.

އާރްޔަން އެ ދުވަހު ހައްޔަރު ކުރުމަށް ފަހު މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އޭނާގެ ގާނޫނީ ވަކީލު މީޑިއާގައި ބުނީ އެ މުއްދަތު ހަމަވުމުން އާރްޔަން ބަންދުގައި ބެހެއްޓޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.

އެ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ވަކީލު ބުންޏެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އާރްޔަން އަތުން ފެނުނީ އިންޑިއާ ގާނޫނުތައް ބުނާ ވަރަށް ވުރެ ކުޑަ މަސްުވާތަކެތި ކޮޅެއް ކަމަށެވެ. ޕާޓީ ތެރެއިން މަސްތުވާތަކެތި ފެނުނަސް ފުލުހުންނަށް އޭނާ އަތުން ފެނުނު މަސްތުވާތަކެތީގެ ގްރާމް ކޮޅަކީ ދައުވާ އުފުލޭނެ ވަރެއް ނޫން ކަމަށް ބުންޏެވެ

އެހެންވެ ގިނަ ބަޔަކު ދަނީ އާރްޔަން މިނިވަންވާނެ ކަމަށް ބުނަމުންނެވެ.

މީގެ އިތުރުން މި މައްސަލައަށް ލިބެމުންދާ ސަމާލުކަން ބޮޑުވުމުގެ އިތުރުން މީޑިއާގަ ރިޕޯޓުކުރާގޮތުން ބޮލީވުޑް ތަރިން ދަނީ އިންޑިއާ މީޑިއާއަށް ފާޑުކިޔަމުންނެވެ. އެމީހުން ބުނަމުންދަނީ ނޫސްވެރިން މަސައްކަތް ކުރަނީ ބޮލީވުޑްގެ އަގުވައްޓާލަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް