ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުން މަނާކުރާ ބިލަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކޮށް ރިޕޯޓް ހުށައަޅުއްވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ބިލަށް ގެނެވުނު އިސްލާހަކީ ގާނޫނުގެ 8 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރެވެނީ ކަމަށެވެ. އެ އަކުރުގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓްގައި ހިމެނޭ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާ ވާނެ ކަމަށެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ބިލް ބަލައިގަންނަން ފެންނަކަމަށް މަޖިލީހުގެ ތަޅުމުގައި 60 މެމްބަރަކު މިއަދު ވޯޓު ދެެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
ބިލް ބަލައިގަތުމަށް ފަހު އެ ބިލް އިތުރަށް ދިރާސާކުރަން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށް ފޮނުވިކަން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިއުލާން ކުރެއްވި އެވެ. މިއަދު ވަނީ އެ ބިލް ދިރާސާކޮށް ނިންމައި ރިޕޯޓް ހުސާއަޅާފައެވެ،
ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުން މަނާކުރަން ހުށަހެޅި އިރު އެފަދަ ތަކެތި އެތެރެ ކުރުން މަނާކުރުމަށް މިދިޔަ އަހަރު އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހުވެސް ގެނަ އެވެ. އެއާއެކު މަރުހަލާތަކަކަށް ބަހާލައިގެން އެފަދަ ގިނަ ބާވަތްތައް ރާއްޖެ އެތެރެކުން މަނާވެގެން ދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް