އާދަމް ޝަރީފް ވިދާޅުވީ ސެކިއުރިޓީ ބްރީޗްވެގެން ހިނގާ ކަންކަމުގެ ޒިންމާ މަޖިލީހުން ނަގަން ނުޖެހޭ ކަމަށް!

ސެކިއުރިޓީ ބްރީޗްވެގެން ހިނގާ ކަންކަމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހަށް ނަގަން ނުޖެހޭނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. އާދަމް ޝަރީފް މިފަދައިން ވިދާޅުވީ އުއ...

05 Oct 2021 | 10:09

ސެކިއުރިޓީ ބްރީޗްވެގެން ހިނގާ ކަންކަމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހަށް ނަގަން ނުޖެހޭނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ އުއްތަމަފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ މަޖިލީހަށް ހުށަހެޅުމުން ދެއްކެވި ފާހަކަފުޅުގައެވެ،

އެގޮތުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެހިނގާފައިވާ ކަމަކީ ސެކިއުރިޓީ ބްރީޗެއް ކަމަށާއި، އެއީ ކޮންކަހަލަ ހާލަތެއްގައި ހުރި ކާކުކަން އެއީ ވިސްނާ ބަހުސްކުރުމަށް މުހިިންމު ކަމެއް ނޫން ކަމަށެވެ.

ސެކިއުރިޓީ ދޭންޖެހޭ ފަރާތްތަކާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކޮށްފައިވާކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއަދު ރާއްޖޭގައި ސެކިއުރިޓީ ބްރީޗްވެގެން ހިނގާ އެއްވެސް ކަމެއްގެ ޒިންމާއެއް މި މަޖިލީހުން އުފުލަންޖެހޭނެ ކަމަކަށް." އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިފައިންނަކީ އެބޭފުޅުންނަށް ޖެހޭ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރައްވާ ބޭފުޅުން ކަމަށެވެ. އަދި އެކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ސިފައިންނަށް ޤާނޫނާ އެއްގޮތްވާގޮތަށް އަމުރުތައް ކުރާނަމަ އެފަރާތްތަކުން އެކަންކަމަށް އަމަލުކުރާނެކަމަށެވެ.

އާދަމް ޝަރީފް ވަނީ އުއްތަމަފަނޑިޔާރަށް ދިމާވީ ސީރިއަސް މައްސަލައެއްކަން ފާހަގަކޮށް އެކަމަށް ހައްލު ހޯދުމަށް ޑިފެންސް މިނިސްޓަރު އަދި ހޯމް މިނިސްޓަރަށް މަސައްކަތް ނުކުރެވެނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް