އިޚްލާސްތެރި ޕާޓީ މޯލްޑިވްސް އުފެއްދުމަށް އީސީ އިން ދޫކުރި ހުއްދަ ބާތިލު ކުރަން ނިންމައިފި

އިޚްލާސްތެރި ޕާޓީ މޯލްޑިވްސް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޫކުރި ހުއްދަ ބާތިލު ކުރަން ނިންމައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ "އިޚްލާސްތެރި ޕާޓ...

05 Oct 2021 | 09:42

އިޚްލާސްތެރި ޕާޓީ މޯލްޑިވްސް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޫކުރި ހުއްދަ ބާތިލު ކުރަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ "އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް، މ.ކެލަން, މުޙައްމަދު އިސްމާއިލަށް 3 އޮކްޓޯބަރ 2021 ގައި ކޮމިޝަނުން ދީފައިވާ ހުއްދަ ބާޠިލް ކުރުމަށް މިއަދު ކޮމިޝަނުން ނިންމައިފި" ކަމަށެވެ.

ނަމަވެސް ސަބަަބެއް ހާމައެއް ނުކުރެ އެވެ.

https://twitter.com/ElectionsMv/status/1445317147064893441?s=08

ރާއްޖޭގައި އައު ސިޔާސީ ޕާޓީއެއްގެ ގޮތުގައި “އިޚްލާސްތެރި ޕާޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މ. ކެލަން, މުޙައްމަދު އިސްމާއިލަށް ހުއްދަ ދީފައިވަނީ މި އޮކްޓޯބަރ މަހުގެެ 3 ވަނަ ދުވަހު އެވެ.

ދުވަސްއެމްވީއަށް މައުލޫމާތު ދެއްވަމުން "އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" އުފެއްދުމަށް ހުއްދަދީފައިވާ މުހައްމަދު އިސްމާއިލް ވިދާޅުވީ އޭނާގެ ދަރިންގެ އެދުމަށް ޕާޓީ ހެދުން ހުއްޓާލުމަށް އިލެކްޝަންސް އަށް ހުށަހެޅީ ކަމަށެވެ.

"އަޅުގަނޑުގެ ތިބޭ ފަސް ކުދިން. އެކުދިން ބޭނުމެއް ނޫން ޕާޓީ ސިސްޓަމްގެ ތެރެއަށް ވަންނާކަށް. އެހެންވެ، އަޅުގަނޑު އެދުނީ އެ ހުއްދަ ބާތިލު ކުރަން." މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

އޭނާ މީގެ ކުރިން ވެސް ވަނީ “ކަރިޝްމާ ޕާޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިފަ އެވެ. ނަމަވެސް އެފަހަރު އޭނާއަށް އެހުއްދަ ނުދިނީ އެޕާޓީއަށް ކިޔަން ހުށަހަޅާފައިވާ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް