ފޭސްބުކްގެ އެނބުރި އައުން: އަސްލު ވީ ގޮތް އެނގޭތަ؟

ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ކަމަށްވާ ފޭސްބުކް އާއި އިންސްޓަގްރާމް އަދި ވަޓްސްއެޕް ހަ ގަޑިއިރަށް ޑައުންވީ ކޮންފިގްރޭޝަން އެރާރއެއްގެ ސަބަބުން ކަމަށް ހާމަވެއްޖެއެވެ. މިއީ މުޅިން ވެސް ފޭސްބުކުން ހިންގ...

05 Oct 2021 | 09:04

ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ކަމަށްވާ ފޭސްބުކް އާއި އިންސްޓަގްރާމް އަދި ވަޓްސްއެޕް ހަ ގަޑިއިރަށް ޑައުންވީ ކޮންފިގްރޭޝަން އެރާރއެއްގެ ސަބަބުން ކަމަށް ހާމަވެއްޖެއެވެ.

މިއީ މުޅިން ވެސް ފޭސްބުކުން ހިންގާ އެޕްތައް ކަމަށް ވާއިރު، މި އެޕްތައް ޑައުންވީ ރާއްޖޭގެ ގަޑިން ރޭ 9 ޖަހާކަށް ހާއިރެވެ. މަސައްކަތުގެ މަހާއުލުތަކަށް ހާއްސަ ފޭސްބުކްގެ އެހެން އެޕްލިކޭޝަނެއް ކަމަށްވާ "ވޯކްޕްލޭސް" ވެސް ވަނީ ޑައުންވެފަ އެވެ.

ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެޕްތަކަށް ވަނުމުން ބައެއް މީހުނަށް ފެންނަނީ "އެރާއެއް" ކަމަށެވެ. އަދި ބައެއް އެޕްތައް ވަރަށް ގިނައިރުން ލޯޑު ވެސް ވެ އެވެ. އެކަމަކު ލޯޑު ވިޔަސް، އެއްވެސް އާ ކޮންޓެންޓެއް ނުފެނެ އެވެ.

https://twitter.com/Facebook/status/1445155265360416773

މި މައްސަލަ މިހާރު ހައްލުކޮށްފައި ވާއިރު، މި ކަމުގެ ސަބަބުން އެ ކުންފުންޏަށް ވަނީ މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިފައެވެ. އެ ޕްލެޓްފޯމްތައް ޑައުންވުމުން ގިނަ ބަޔަކު ވަނީ ޓުވިޓާ، ޓެލެގްރާމް އަދި ސިގްނަލް ފަދަ ޕްލެޓްފޯމްތަކަށް ސްވިޗްވެފައެވެ.

އެ ކުންފުނިން ހާމަކުރާ ގޮތުގައި މި ކަމުގެ ސަބަބުން އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ތަކެއް ލީކުވުން ފަދަ ކަމެއް ނުހިނގައެވެ. އަދި ފޭސްބުކްގެ ޕްރައިވެސީއަށް ބުރޫއަރާފައެއް ނެސް ނުވެއެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް