ޝަރުތުހަމަވާ ޕީސީތައް މިހާރު ވިންޑޯސް 11 އަށް އަޕްގްރޭޑް ކުރެވޭނެ ކަމަށް މައިކްރޮސޮފްޓުން ބުނެފިއެވެ.
މައިކްރޮސޮފްޓުގެ އެންމެ ފަހުގެ އޮޕަރޭޓިންގް ސިސްޓަމް (އޯއެސްް) ވިންޑޯސް 11 ރަސްމީކޮށް ރީލީޒްކުރީ މިއަދުއެވެ. އެ ކުންފުނިން ބުނި ގޮތުގައި ވިންޑޯސް 11 ޕްރީ-އިންސްޓޯލް ކުރެވިފައިވާ ޕީސީތައް ވެސް މިހާރު ގަންނަން ލިބޭނެ ކަމަށެވެ.
އޭގެ ތެރޭގައި އަސުސް، އޭއެމްޑީ، އޭސާ، ސާރފޭސް، ސެމްސަންގް، އެޗްޕީ، ލިނޯވޯ އަދި ޑެލް ފަދަ ބްރޭންޑްތަކުގެ ޕީސީތައް ހިމެނެއެވެ. ވިންޑޯސްް 10 ނެރުނުތާ ހަ އަހަރު ފަހުން ދައްކާލާފައިވާ މި އޯއެސް މީގެ ކުރިން ނިންމާފައި ވަަނީ ނޮވެމްބަރު ނުވަަތަ ޑިސެމްބަރު މަހު ނެރުމަށެވެ. ނަމަވެސް، ބައެއް ސަބަބުތަކާއި ހުރެ ރިލީޒްކުރުން އަވަސްކުރީއެވެ.
https://twitter.com/windowsblog/status/1445116534641287171
މި އޯއެސްގެ އެންމެ ބޮޑު އެއް ތަފާތަކީ، އެންޑްރޮއިޑް އެޕްތައް ރަންކުރާނެ އެވެ، ވިންޑޯސް 11 އިވެންޓްގައި މައިކްރޮސޮފްޓުން ވަނީ ވަރަށް ގިނަ އައު ފީޗަރ ތަކެއް ދަށްކާލައިފައެވެ. ނަމަވެސް ގިނަ ފަރާތްތަކުން އެންމެ ގަޔާވި ފީޗަރ އަކަށް ވެފައިވަނީ އެންޑްރޮއިޑް އެޕްތައް ވިންޑޯސް 11ގެ ސްޓޯރުގައި ހިމެނި، މިއައު އޮޕެރޭޓިންގ ސިސްޓަމްގައި ރަން ކުރެވޭކަމެވެ.
މިހާރު ވެސް ވިންޑޯސް 10ގައި "ޔުއަރ ފޯން" އެޕް މެދުވެރިކޮށް އެންޑްރޮއިޑް އެޕްސް ރަން ކުރެވެއެވެ. ނަމަވެސް ސީދާ ކޮމްޕިއުޓަރ އިން އެޕްތައް ރަން ކުރެވުމަކީ ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ ފީޗަރ އެކެވެ. މިފީޗަރ އަކީ އެމެޒަން އެޕްސްޓޯރާއި މައިކްރޮސޮފްޓުން ގުޅިގެން ނެރިފައިވާ ފީޗަރ އެއް ކަމުން، ވިންޑޯސް 11ގައި ރަންކުރާނީ އެމެޒަން އެޕްސްޓޯރުގައި ހުންނަ ހުރިހާ އެޕްތަކެވެ.
މީގެ އިތުރުން މައިކްރޮސޮފްޓުން ބުނާގޮތުގައި މިފަހަރުގެ މި ވޮންޑޯސް އަކީ ވިންޑޯސް 11ގެ ރިކުއަރމެންޓްސް ހަމަވާ ފަރާތްތަކަށް ފްރީ ވިންޑޯސްއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް