އިންޑިއާގެ ދިއްލީގައި ބްރިޖެއްގެ ދަށުގައި ފްލައިޓެއް ތާށިވެފައި!

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ބްރިޖެއްގެ ދަށުގައި އެއާ އިންޑިއާ ލޯގޯ ޖަހާފައިވާ ފްލައިޓެއް ތާށިވެފަ އޮންނަ ވީޑިއޯއެއް އިންޓަނެޓްގައި ވައިރަލް ވެއްޖެ އެވެ. އެ ވީޑިއޯ ޓުވިޓާގައި އާންމު ކުރީ އިންޑިއާގ...

05 Oct 2021 | 08:54

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ބްރިޖެއްގެ ދަށުގައި އެއާ އިންޑިއާ ލޯގޯ ޖަހާފައިވާ ފްލައިޓެއް ތާށިވެފަ އޮންނަ ވީޑިއޯއެއް އިންޓަނެޓްގައި ވައިރަލް ވެއްޖެ އެވެ.

އެ ވީޑިއޯ ޓުވިޓާގައި އާންމު ކުރީ އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ އަޝޯކް ރާޖް އެވެ.

އޭނާ ބުނެފައިވަނީ ބޭނުން ނުކުރާ އެ ފްލައިޓު އޮތީ މީހުން މަގު ހުރަސް ކުރަން ހަދާފައިވާ ބްރިޖެއްގެ ދަށުގައި ތާށިވެފައި ކަމަށެވެ. އަޝޯކް ވަނީ އެއްވެސް މީހަކަށް އެތަނުގައި އެ ފްލައިޓު ތާށިވި އިރެއް އިނގޭތޯ ސުވާލު ކޮށްފަ އެވެ.

މި ވީޑިއޯ އޭނާ އާންމު ކުރުމާއި އެކު އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފްލައިޓަކީ މިހާރު އެ އެއާލައިންގެ ފްލައިޓެއް ނޫން ކަމަށާއި އެއީ ބަޔަކަށް ވިއްކާލާފައިވާ ފްލައިޓެއް ކަމަށެވެ. އަދި މިހާރު އެ ބްރިޖު ދަށުގައި ފްލައިޓު ތާށިވެފައި ވުމާއި އެ ކުންފުންޏާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ބުންޏެވެ.

ދިއްލީ އެއާޕޯޓުންވެސް ބުނެފައިވަނީ އެ ފްލައިޓަކީ އެތަނުގައި ޕާކު ކުރުމުގެ ރެޖިސްޓްރީ މިހާރު އޮތް ފްލައިޓެއް ނޫން ކަމަށެވެ.

https://twitter.com/Ashoke_Raj/status/1444519287813668864

އަޝޯކްގެ ވީޑިއޯއަށް ކޮމެންޓު ކުރި ބައެއް މީހުން ވަނީ އެތަނުގައި މިމަހުގެ ދެ ވަނަ ދުވަހު ވެސް އެ ފްލައިޓު އޮތް ކަމަށްބުނެފަ އެވެ. އަދި ބްރިޖު ދަށުން ފްލައިޓު ނެރެވޭތޯ އެރޭ ދަންވަރު ބަޔަކު މަސައްކަތް ކުރާތަން ފެނުނު ކަމަށް ބުނެފައިވެ އެވެ.

ބައެއް މީހުން ވަނީ އެހާ ޒިންމާދާރު ކުޑަކޮށް އަމަލުކޮށްގެން ނުވާނެ ކަމަށް ބުނަމުންނެވެ. އަދި އެ ފްލައިޓު އެތާ ތާށިވާން ޖެހުނީ ދުއްވަން ނުދަންނަ ބަޔަކު ތަނަކަށް ގެންދަން އުޅުމުގެ ތެރޭގައި ސުވާލުކޮށްފަ އެވެ.

މިފަދަ ހާދިސާއިން 2019 ވަނަ އަހަރު އިންޑިއާގެ ވެސްޓް ބެންގޯލްގައިވެސް ހިނގާފަވާ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް