އައިއޯސީސީގެ ރައީސަކަށް ޑރ. ޝަހީމް

އިސްލާމިކް އޮގަނައިޒޭޝަން ފޮރ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސްގެ މަގާމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިންތިކާބު ވެއްޖެ އެވެ. ޑރ. ޝަހީމް މި މަގާމަށ...

05 Oct 2021 | 08:38

އިސްލާމިކް އޮގަނައިޒޭޝަން ފޮރ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސްގެ މަގާމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިންތިކާބު ވެއްޖެ އެވެ.

ޑރ. ޝަހީމް މި މަގާމަށް އިންތިޚާބުކޮށްފައިވަނީ އައިއޯސީސީގެ ހިންގާ ކޮމިޓީ އެކުލަވާލައި، މިއަހަރު ހާސިލުކުރުމަށް އިސްކަންދޭނެ ޕްރޮގްރާމްތައް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގަ އެވެ.

އައިއޯސީސީ އަކީ ގައުމީ ފެންވަރުގައި އިސްލާމީ ސަގާފަތާއި ހަޟާރަތު ކުރިއަރުވަން މަސައްކަތްކުރުމަށްޓަކައި އުފެއްދި ޖަމިއްޔާ އެކެވެ.

ރޭ ބޭއްވި މި ބައްދަލުވުމުގައި ވައިސް ޕްރެޒިޑެންޓް ޖެންޑަރ އެންޑް ޝޯޝަލް އެފެއަރޒްގެ މަގާމަށް އިންތިޚާބު ކުރީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަނާރާ ނައީމެވެ.

ވައިސް ޕްރެޒިޑެންޓް ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ މަގާމަށް ޑރ. މޫސާ އަންވަރު ހަސަން އަދި ވައިސް ޕްރެޒިޑެންޓް ރިސަރޗް، ސައެންސް އެންޑް ޓެކްނޮލޮޖީގެ މަގާމަށް ޑރ. އިސްމާއީލް ޝަފީއު ވަނީ އިންތިޚާބު ކޮށްފަ އެވެ. އަދި ވައިސް ޕްރެޒިޑެންޓް އިންޓަރނޭޝަނަލް އެފެއަރޒްގެ މަގާމަށް އިންތިޚާބު ކުރީ އަލީ އަހުސަނެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. ޝަހީމް އަކީ އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރު އަދި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ސެކްރެޓަރީ ޖެނެރަލްގެ ކުރީގެ އެޑްވައިޒަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް