ފުވައްމުލަކު ހޮސްޕިޓަލްގައި ސަދާ މަރުވި މައްސަލަ ހެލްތުން ބަލަން ފަށައިފި

ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީން ބަލަން ފަށައިފި އެވެ. ސަދާ މިދިޔަ އާދިއްދަ ދުވަހު ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގަ ރިއްސާ...

05 Oct 2021 | 08:14

ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ސަދާ މިދިޔަ އާދިއްދަ ދުވަހު ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގަ ރިއްސާ ހޮޑުލާާތާ ދެތިން ދުވަސް ފަހުންނެވެ. އާއިލާ އިން ތުހުމަތުކުރާ ގޮތުގައި ސަދާ މަރުވީ ޖެހި އިންޖެކްޝަނެއްގެ ސަބަބުންނެވެ.

ހެލްތް މިނިސްޓްރީން މިއަދު މީޑިއާގައި ބުނީ އެ މައްސަލަ ބަލަން ނިންމީ އާއިލާއިން ކުރާ ތުހުމަތުތަކާއި ގުޅިގެން ކަމަށެވެ. ސަދާ މަރުވިކަމަށް އާއިލާއިން ގަބޫލު ކުރަނީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ވާތީ އެ ހާދިސާ ހިނގި ގޮތް އިތުރަށް ބަލަންޖެހޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

“ދުވަސް” އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ލިރާރު އެ ދުވަހު ވިދާޅުވީ ކުއްޖާގެ ފުރާނަ ސަލާމަތްކުރަން ހޮސްޕިޓަލުން މަސައްކަތް ކޮށްފައިވާކަމަށެވެ، މިފަދަ ކަމެއް އެ ހޮސްޕިޓަލްގައި ހިނގާފައިވާތީ ހިތާމަ ކުރައްވާ ކަމަށް ލިރާރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކުއްޖާގެ މަރުގެ މައްސަލަ އެ ހޮސްޕިޓަލުންވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ލިރާރު ވިދާޅުވީ، ހޮސްޕިޓަލަށް ކުރާ ތުހުމަތަކީ ރަނގަޅު ތުހުމަތެއް ކަމުގައިވާނަމަ އެކަން ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް