ގާފަރުން ކޯވިޑް ކޮންޓްރޯލްކޮށް އާންމު ހާލަތަށް ގެނެސްފި

ކ. ގާފަރު އާންމު ހާލަތަށް ގެނެސްފި އެވެ. އެ ރަށުން ކޯވިޑް ކޭސްތަކެއް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު އެވެ. އެޗްޕީއޭއިން ބުނީ މިދިޔަ އާދިއްތަ ދުވަހު އެ ރަށް ...

05 Oct 2021 | 07:57

ކ. ގާފަރު އާންމު ހާލަތަށް ގެނެސްފި އެވެ.

އެ ރަށުން ކޯވިޑް ކޭސްތަކެއް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ އާދިއްތަ ދުވަހު އެ ރަށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެކަމަކުއަދިވެސް ކޯވިޑް ފެތުރޭތޯ ބަލަން ރެންޑަމް ސާމްޕަލް ނަގަމުންދާނެ ކަމަށް ބުނެ އެވެ.

އަދި ރަށް މޮނިޓަރިންއަށް ލުމަށްފަހު އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެނެސްފައިވާ ކަމަށް ބުނެ އެވެ.

ގާފަރުން މިދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 100 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި އިންޑިއާ، ޕާކިސްތާނު އަދި ބަންގްލަދޭޝް މީހުން ހިމެނެ އެވެ.

އެ ރަށް އާންމު ހާލަތަށް ގެނައުމުން މިހާރު މޮނިޓަރިންގައި އޮތީ 15 ރަށެވެ.

އޭގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ އައްޑޫ ސިޓީ އެވެ. އެ ސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް