ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރު އިއްޔެ އިންސްޓަގްރާމްގައި ޕޯސްޓު ކުރި ފޮޓޯތަކެއްގައި ލައިގެން ހުރި ހަރުވާޅު ބަތަލާ ސޮބީތާ ދުލިޕަލާއަށް މާ ކަމުގޮސްފި އެވެ.
ޖާންވީ އިއްޔެ ހެނދުނު ކުރި އެ ޕޯސްޓުގައި ބުނެފައިވަނީ އެއީ "ފްލާވާ ޗައިލްޑް" ކަމަށެވެ. އެ ޕޯސްޓާއި އެކު ލާފައިވާ ފޮޓޯގައި އޭނާ ހުރީ އެކި ކުލަކުލަ ހިމެނޭ ހަރުވާޅެއް ލައިގެން ރީނދޫ ކުލައިގެ ޓިއުބެއް ލައިގެންނެވެ. ކަންފަތް މަތީގައި ރަތްކުލައިގެ ސައިމަލެއް ޖަހާފަވެ އެވެ.
ޖާންވީ އެކި ގޮތްގޮތަށް ޕޯސް ކޮށްގެން ނަގާފައިވާ ފޮޓޯތައް އެ ޕޯސްޓުގައި ހުރި އިރު އެއީ ހެނދުނު ހެނދުނާ އޭނާ ގޭ ގޯތިތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށްވެ އެވެ.
އެ ފޮޓޯއަށް އެންމެ ފާހަގަ ކުރެވޭ ކޮމެންޓު ކުރީ ސޮބީތާ އެވެ. ސޮބީތާގެ ކޮމެންޓުގައި އޭނާ ލާފަ އަނބުރާ ދޭގޮތަށް އެ ހަރުވާޅު ދެވިދާނެތޯ ޖާންވީ ކައިރީގައި އަހާފަވެ އެވެ.
https://www.instagram.com/p/CUmosRFlF5w/
ސޮބީތާ އަކީ ފިލްމު ކުޅުމުގެ އިތުރުން މޮޑެލް އެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ 2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "މޭޑް އިން ހެވަން" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް