ހުޅުމާލޭގައި ސްޓެލްކޯގެ ވޯކްޝޮޕެއް ހުޅުވައިފި

ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ވޯކްޝޮޕް (ސްޓެވޯ) ހުޅުވައިފި އެވެ. ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސްޓެވޯ ހުޅުވައިދެއްވީ، އިކޮނޮމިކް މިނިސްޓަރ...

05 Oct 2021 | 06:40

ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ވޯކްޝޮޕް (ސްޓެވޯ) ހުޅުވައިފި އެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސްޓެވޯ ހުޅުވައިދެއްވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ސްޓެލްކޯގެ ޗެއަރމަން މުހައްމަދު ރަޝީދާއި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

ސްޓެވޯގެ ތެރެއިން ދޭ ޚިދުމަތްތަކުގެ ތެރޭގައި ޖަނެރޭޓަރު އެސެމްބަލް ކުރުމާއި ސަރވިސް ކުރުމާއި ސާފު ކުރުމުގެ ޚިދުމަތްތައް ހިމެނެ އެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި އެ ވޯކްޝޮޕުގައި ތިން މޮޑިއުލެއް ތައާރަފުކޮށްފައި ވެއެވެ. އެއީ އެސްޓީޑަބްލިޔު 300، އެސްޓީޑަބްލިޔު 600 އެސްޓީޑަބްލިޔު 800 އެވެ. އެ ވޯކްޝޮޕުން ކަސްޓަމަރުން ބޭނުން ގޮތަކަށް ޖަނަރޭޓަރު ސެޓްތައް މޮޑިފައި ކުރެވޭނެ ކަމަށާއި ވޮރެންޓީވެސް ދޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ ވޯކްޝޮޕުން ޚާއްސަ ޚިދުމަތެއްގެ ގޮތުގައި އަލްޓްރާ ސްރޯނިކް ކްލީނިންގގެ ޚިދުމަތް ދޭނެ އެވެ. އެ ޚިދުމަތަކީ އަގުބޮޑު މެޝިނަރީޒް ސާފުކުރުމަށް ދޭ ޚިދުމަތެކެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ސްޓެލްކޯއަކީ ގާބިލް މުވައްޒަފުން ތިބި ކުންފުންޏެއް ކަމަށާއި ސްޓެލްކޯގެ ވޯކްޝޮޕާއެކު ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތައް ޑައިވަރސިފައި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ ސްޓެލްކޯ ވޯކްޝޮޕްގައި އެސެމްބްލް ކުރި ފުރަތަމަ ޖަނަރޭޓަރު ސެޓް އެސެމްބްލް ކުރި މުވައްޒަފުންގެ އަގު ވަޒަން ކޮށް ހަނދާނީ ލިޔުން ވަނީ ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް