މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ. ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާ އިން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށް ލަފާކުރ...

05 Oct 2021 | 05:58

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާ އިން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު45 މޭލަށް ވައިގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ އިދާރާއިން ވަނީ މޫސުން ގޯސްވާނެތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާއިބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް