ދޯންޏެއް އަޑިއަށް ގޮސް ގެއްލުނު މީހުން ފެނިއްޖެ

ޚ. ކާށިދޫއިން ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް އަޑިއަށް ދިޔަ ދޯނިން ދަތުރު ކުރި މީހުން ފެނިއްޖެ އެވެ. މި ހާދިސާގައި ޅ. އަލިގާ ހުޅަނގުން ހަތަރު ނޯޓިލަކް ބޭރުން އަޑިއަށް ދިޔައީ ސަޕްލައި ދޯންޏެވެ...

05 Oct 2021 | 04:28

ޚ. ކާށިދޫއިން ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް އަޑިއަށް ދިޔަ ދޯނިން ދަތުރު ކުރި މީހުން ފެނިއްޖެ އެވެ.

މި ހާދިސާގައި ޅ. އަލިގާ ހުޅަނގުން ހަތަރު ނޯޓިލަކް ބޭރުން އަޑިއަށް ދިޔައީ ސަޕްލައި ދޯންޏެވެ. ދޯނި އަޑިއަށް ދިޔައިރު އޭގަ ފަސް ދިވެހިން ތިއްބެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު5:59 ގައި ކަމަށްވެ އެވެ. ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ކޮށްފައިވަނީ6:45 ގައި އެވެ.

އެމްއެންޑީއެފް ކޯސްޓު ގާޑުން މައުލޫމާތު ދޭގޮތުގައި ދޯނި އަޑިއަށް ދިޔަ ސަރަހައްދަށް އެއާ ޓެކްސީ އާއި ޑޮނިއާ ފްލައިޓު ގޮސް ކުރި މަސައްކަތުން ދޯނިން ދަތުރު ކުރި މީހުން ފެނިފަ ވަނީ ހެންދުނު8:30 ހާއިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް