ޢައިރު ދީން ތަކަށް ޖާގަ ދޭން ޖާބިރު ގޮވާލި މައްސަލަ ފުލުހަށް

ދިވެހިރާއްޖޭގައި ޢައިރު ދީންތަކަށް ޖާގަދޭންގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދައްކާފައިވާ ވާހަކައާއި ގުޅިގެން އޭނާގެ މައްސަލަ ރައްޔިތުންގެ އިއްތިހާދުން ޕޮލިހަށް ހުށަހަޅައިފިއެވެ. މަޖިލީހު...

05 Oct 2021 | 03:58

ދިވެހިރާއްޖޭގައި ޢައިރު ދީންތަކަށް ޖާގަދޭންގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދައްކާފައިވާ ވާހަކައާއި ގުޅިގެން އޭނާގެ މައްސަލަ ރައްޔިތުންގެ އިއްތިހާދުން ޕޮލިހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ޖާބިރު ވިދާޅުވި ގޮތުގައި ރާއްޖޭގައިވެސް އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭނެއެވެ.

މިކަން ކުށްވެރިކޮށް ރައްޔިތުންގެ އިއްތިހާދުން ޕޮލިސް ކޮމިޝަނަރ އަހްމަދު ހަމީދަށް ފޮނުވި ސިޓީގައި ވާގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެއްކި ޢައިރު ދީނީ ވާހަކައަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ކަމުގައިވާ މުހައްމަދު ރަޝީދު އިބްރާހިމް އާއި ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުވެސް ވަނީ އެވާހަކަތައް ކުށްވެރިކުރައްވާފައިކަމަށެވެ.

މި ސިޓީގައި އިތުރަށް ފާހަގަ ކުރައްވާފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ  މެންބަރުންގެ އިމްތިޔާޒުތަކުގައި ހިމެނޭ އިސްތިސްނާ ދީފައިވާ ކަންތައްތަކުގެ ތެރޭގައި އިސްލާމް ދީނުގެ އަސްލަކާ ޙިލާފު އެއްވެސް ވާހަކައެއް ދެއްކުން ނުހިމެނޭކަމީ މި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމެއް ކަމުގައި ވެސް ހާމަކޮށްފައިވެއެވެ.

އަދި ޢައިރު ދީންތަކަށް ޖާބިރު ގޮވާލާފައިވާތީވެ، ހައްޔަރުކޮށް، މައްސަލަ ތަޙުޤީޤު ކޮށްދޭން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް