ހަތް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހަތް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ދ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށެވެ. މެޓް އޮފީހުން މިރޭ 09:35ގައި ނެރުނު އެ އެ...

05 Oct 2018 | 16:58

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހަތް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ ދ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށެވެ.

މެޓް އޮފީހުން މިރޭ 09:35ގައި ނެރުނު އެ އެލާޓްގައި ބުނެފައިވަނީ ދ އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށް މިރޭ 09:45 އާއި މިރޭ 01:45 އާއި ދެމެދުގެ ވަގުތުތަކުގައި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.

މި ވަގުތުތަކުގައި އެ ހަތް އަތޮޅަށް އާންމުގޮތެއްގައި ގަޑިއަކު 23 މޭލާއި 29 މޭލަށް ވައިޖެހޭނެކަމަށް ބުނެފައިވެއެވެ. ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެކަމަށާއި ކަނޑު ގަދަވާނެކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް