އަމާން ދިނުން ނޫން އެއްވެސް ގޮތެއް ރައީސް ޔާމީނަށް ނޯންނާނެ: ރިޔާޒް

އަމާން ދިނުން ނޫން އެހެން އެއްވެސް ގޮތެއް ރައީސް ޔާމީނަށް ނޯންނާނެ ކަމުގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް ކަންވެސް ކުރިން ކުރެއްވި ރިޔާޒް މިހެން ވިދާ...

05 Oct 2018 | 15:40

އަމާން ދިނުން ނޫން އެހެން އެއްވެސް ގޮތެއް ރައީސް ޔާމީނަށް ނޯންނާނެ ކަމުގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ކަންވެސް ކުރިން ކުރެއްވި ރިޔާޒް މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީން ހުންނެވީ އަމާން ދޭ ގޮތަކަށް ނޫން ކަމަށް ޕީޕީއެމް އިން ބުނުމުން  މިހާރު ނޫހުން އެކަމަށް ލިޔެފައިވާ ހަބަރަކަށް ޓްވިޓާގައި ރައްދު ދެއްވަމުންނެވެ.

"އަމާން ދިނުން ނޫން އެހެން އެއްވެސް ގޮތެއް ރައީސް ޔާމީނަކަށް ނޯންނާނެ!" ރިޔާޒް ވިދާޅުވެފައިވެއެވެ.

އެ ޓްވީޓްގައި ރިޔާޒް އިތުރަށް ވިދާޅުވެފައިވަނީ އެއީ ރައީސް ޔާމީން އަރިހުގައި ތިއްބެވި މަދު ބަޔަކު ގާފިލުކަންމަތީ ދައްކާ ވާހަކަ އެއް ކަމަށެވެ. ﷲ ގެ އިރާދަފުޅުން 17 ނޮވެމްބަރުގައި ހުވާކުރައްވާނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ކަމުގައިވެސް ރިޔާޒްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް