އަލީ ވަހީދާއި އިމްރާން ބައްދަލުވުމުން އިމްރާން ދެއްވީ ޖަޒީރާ ކުރުނބަލެއް !

މޭޑޭ މުޒާހަރާގެ ދެ ބަތޮލުން ކަމުގައި އިދިކޮޅުން ސިފަކުރާ ޝައިޚް އިމްރާން އާއި އަލީ ވަހީދު ބައްދަލުކުރައްވައިފިއެވެ. އެ ބައްދަލުވުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ޓްވީޓެއްގެ ޒަރީއާއިން ހިއްސާކޮށްފައިވަނީ ...

05 Oct 2018 | 15:10

މޭޑޭ މުޒާހަރާގެ ދެ ބަތޮލުން ކަމުގައި އިދިކޮޅުން ސިފަކުރާ ޝައިޚް އިމްރާން އާއި އަލީ ވަހީދު ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ޓްވީޓެއްގެ ޒަރީއާއިން ހިއްސާކޮށްފައިވަނީ އަލީ ވަހީދެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކުވެރި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި ބައްދަލުވުމުން ހަނދާންވަނީ މޭޑޭ އަދި އަވަށްޓެރި ޖަލު ގޮޅި ކަމަށާއި ޝެއިޚް އިމްރާން ދެއްވީ ހިތްގައިމު ޖަޒީރާ ކުރުނބަލެއް ކަމަށެވެ.

https://twitter.com/ali20waheed/status/1048161908577058816

ތިން އަހަރާއި ހަތަރު މަސް ފަހުން ރާއްޖެ އާދެވުމުން ވަރަށް އުފާވެއްޖެ ކަމަށާއި ހެޔޮ ދުއާ ކުރެއްވި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާކަމުގައިވެސް އަލީ ވަހީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް