އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކަލް ޕޮމްޕޭ، ރާއްޖޭގެ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އަށް މަރުޚަބާ ދަންނަވައިފިއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކުރައްވާފައިވާގޮތުގައި މިއަދު ހަވީރު ފޯނުން ގުޅުއްވައި ސެކްރެޓަރީ ޕޮމްޕޭ އާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ، 23 ސެޕްޓެމްބަރުގައި ބޭއްވުނު ރިޔާސީ އިންތިޚާބާއި ބާރުތައް ބަދަލުކުރުމުގެ މަރުޙަލާ އާއި ގުޅޭގޮތުން މޝްވަރާ ކުރެއްވިއެވެ.
މި ފެށޭ ރިޔާސީ ދައުރުގައި ދިވެހިރާއްޖެއަށް އެކި އެކި ދާއިރާތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ސެކްރެޓަރީ ޕޮމްޕޭ ވިދާޅުވި ކަމުގައިވެސް އިންތިޚާބީ ރައީސްގެ އޮފީހުން މައުލޫމާތުދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް