ޑރ. ޖަމީލް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މާދަމާ ރާއްޖެ ވަޑައިގަންނަވަން ނިންމައިފި އެވެ. 2015 ވަނަ އަހަރުގެ ޖުލައި މަހުގައި ނައިބު ރައީސް ކަމުން ވަކި ކުރެއްވި ފަހުން ޑރ. ޖަމީލް ދިރިއުޅުއްވަ...

05 Oct 2018 | 09:39

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މާދަމާ ރާއްޖެ ވަޑައިގަންނަވަން ނިންމައިފި އެވެ.

2015 ވަނަ އަހަރުގެ ޖުލައި މަހުގައި ނައިބު ރައީސް ކަމުން ވަކި ކުރެއްވި ފަހުން ޑރ. ޖަމީލް ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސިވިލާތުގައެވެ. މާދަމާ މާލެ ވަޑައިގަންނަވާނެކަން އިއުލާނު ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ "އަޅުގަނޑު މާދަމާ، 06 އޮކްޓޯބަރު ވާ ހޮނިހިރު ދުވަހު 02:30ގައި އިންޝާ ﷲ ލޮބުވެތި ވަތަނަށް އަނބުރާ ދާނަން" ކަމަށެވެ.

ޑރ. ޖަމީލް މާދަމާ ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެ ޕާޓީގެ ރައީސް އަލީ ވަހީދު އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފައެވެ. ގާސިމް ރާއްޖެ ވަޑައިގެންފައިވަނީ އަހަރެއްހާ ދުވަހު ޖަރުމަނު ވިލާތުގައި ހުންނެވުމަށްފަހުގައެވެ. އަލީ ވަހީދު ރާއްޖެ ވަޑައިގެންފައިވަނީ އިނގިރޭސި ވިލާތުގައި ހުންނެވުމަށްފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް